ނިމިދިޔަ ސަރުކާރުގައި ކުރިއަށް ގެންދިޔަ "ބިންވެރިޔާ" ސްކީމްގެ ދަށުން ދޫކުރި ފްލެޓްތަކުގެ މައްސަލައިގައި އޭރު ފްލެޓް ކޮމިޓީގައި ތިއްބެވި މެމްބަރުންގެ އެޕާޓްމަންޓްތަަކަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރުން ވަދެއްޖެ އެވެ.
އޭސީސީގެ އޮފިޝަލަކު ވިދާޅުވީ އޭސީސީގެ މެމްބަރުން ވަދެ ފާސްކުރަމުން ދަނީ ކުރީގެ ފްލެޓް ކޮމިޓީގެ ހަތަރު މެމްބަރެއްގެ އެޕާޓްމަންޓް ކަމަށެވެ.
އޭގެ ތެރޭގައި ފްލެޓްތައް ބެހުމަށްޓަކަައި "ގެދޮރުވެރިން" ނަމުގައި އުފެއްދި ކޮމިޓީގެ ޗެއާމަނަކަށް ހުންނެވި ޕްލޭނިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ހިމެނޭ ކަމަށް އެނގިފައި ވެއެވެ.
އަކްރަމްގެ އިތުރުން ދެން ބަލާ ފާސްކުރަމުން ދަނީ ފްލެޓް ކޮމެޓީގެ މެންބަރުން ކަމަށްވާ މުހައްމަދު އާރިފާއި މުހައްމަދު ލިރުގާމް އަދި އަހުމަދު ވިސާންގެ އެޕާޓްމަންޓް ކަމަށް ވެސް އޭސީސީން ބުނެއެވެ.
4000 ފްލެޓް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓާއި ގުޅިގެން އޭސީސީން ކުރި ތަހުގީގަށް ފަހު ބުނީ އޭގެތެރެއިން 60 އިންސައްތަ މީހުންގެ ޝަރުތު ހަމަނުވާ ކަމަށެވެ. ކުރީ ސަރުކާރުން ފްލެޓްގެ ހައްގުވެރިންގެ ގޮތުގައި އެކުލަވާލި ދާއިމީ ލިސްޓުގައި ހިމެނޭ 20 އިންސައްތަ ފޯމުގައި މައްސަލަތައް ހުރި ކަމަށް އޭސީސީން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު