އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހުވާކުރުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ، މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަތުމަުން ދެ ގައުމުންވެސް ގުޅުން ބާއްވަން ބޭނުންވާ މިންވަރު ހާމަވެއްޖެކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ބޮޑުވަޒީރުގެ މަގާމަށް ތިން ވަނަ ދައުރަކަށް މޯދީ ހުވާ ކުރެއްވީ އިއްޔެ އެވެ. އެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގެންނެވި އިރު މިއަދު ވަނީ ދެ ބޭފުޅުން ވަކިންވެސް ބައްދަލު ކުރައްވައިފަ އެވެ.

ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވި ބޭރުގެ އިއްޒަތްތެރިންގެ ޝަރަފްގައި ދެއްވި ރޭގަނޑުގެ ފަރިއްކޮޅެއް ރޭ ބޭއްވިއިރު އެފަރިއްކޮޅުގައި މޯދީގެ އެންމެ އަރިހުގައި އިންނެވީ ވެސް ރައީސް މުއިއްޒެެވެ.

އެކަންކަމަށް ރިއާޔަތްކޮށް މިނިސްްޓަރު ޝަހީމް އެކްސްގައި ވިދާޅުވީ އިންޑިޔާގެ ބޮޑުވަޒީރު ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސް މުޢިއްޒު ބައިވެރިވެވަޑައިގެންނެވުމަކީ ޙިކުމަތްތެރި ހަރުދަނާ ނިންމެވުމެއް ކަމަށެވެ.

"އެކަމުން ރަމްޒުކޮށްދެނީ މި ދެ ގައުމުގެ ތާރީހީ އިސްތިރާޖީ ގުޅުން ދެމިއޮތުމަށް ދެފަރާތުން ވެސް އެދޭ މިންވަރު. އިންޑިއާގެ އާ ސަރުކާރަށް މަރުޙަބާ." ޑރ. ޝަހީމް ވިދާޅުވި އެވެ.

މި ސަރުކާރު ފެށުނުއިރު ދެ ގައުމުގެ ގުޅުން ގޯސްވި ނަމަވެސް ފަހަކަށް އައިސް ދެ ގައުމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ރަނގަޅުވެފަ އެވެ.

ދާދި ފަހުން ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރުވެސް ވަނީ އިންޑިއާއަށް ރަސްމީ ދަތުރުފުޅެއްވެސް ކުރައްވައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން