މި އަހަރު ރާއްޖެއިން ހައްޖަށްދާ މީހުންގެ ތެރެއިން އެންމެ އިސް ބޭފުޅެއްގެ ގޮތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ހަމަޖައްސައިފި އެވެ.

އެޑިއުކޭޝަން މިނިސްޓަރު އަމީރުލް ހައްޖުގެ ގޮތުގައި ހަމަޖެއްސެވިކަން ހާމަކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ.

މިއަދު ހައްޖަށް ވަޑައިގަންނަވާ ބޭފުޅުންގެ ތެރޭގައި އިސްލާމިކް މިނިސްޓަރު ހިމެނިވަޑައިގަންނަވާ އިރު އެޑިއުކޭޝަން މިނިސްޓަރުވެސް ވަޑައިގަންނަވާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.

އަމީރުލް ހައްޖަށް ބޭފުޅެއް ހަމަޖައްސަވަނީ ރައީސުލްޖުމްހޫރިއްޔާ އެވެ.

މި ފަހަރު ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ރާއްޖެއިން 1150 މީހުން ހައްޖަށްދިޔައެވެ. މިއީ 2015 އިގެ ފަހުން ރާއްޖެއިން އެންމެ ގިނަ މީހުން ހައްޖަށް ދާ ފަހަރުކަން މިނިސްޓަރު ޝަހީމް ފާހަގަ ކުރެއްވި އެވެ.

މިނިސްޓަރު މިއަދު ވިދާޅުވީ ރަސްމީ ކޯޓާގެ ތެރެއިން ހައްޖަށް ދާ 1000 މީހުން މިހާރު ސައުދީއަށް ގޮސްފައިވާ ކަމަށެވެ. އަދި މިއަދު ބާކީ ތިބި 150 މީހުން ހައްޖަށް ފުރާނެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން