މޯލްޑިވިއަންގެ ފްލައިޓެއް
މޯލްޑިވިއަންގެ ފްލައިޓެއް
މޯލްޑިވިއަނުން ބ. ދަރަވަންދޫއަށް ދަތުރުތައް ފަށަން ނިންމައިފިއެވެ.

މޯލްޑިވިއަން އޮޕަރޭޓް ކުރާ އައިލެންޑް އޭވިއޭޝަން ސާވިސް ލިމިޓެޑް (އައިއޭއެސް) އިން ބުނީ ދިގު މުއްދަތަކަށް ފަހު ދަރަވަންދޫ އެއާޕޯޓަށް ކުރާ ދަތުރުތައް ޖޫން 15 ވަނަ ދުވަހު ފަށާނެ ކަމަށެވެ. އަދި ކޮންމެ ދުވަހަކު ވެސް ދެ ފްލައިޓް ދަރަވަންދޫއަށް ދަތުރު ކުރާނެ ކަމަށް އައިއޭއެސް އިން ބުނެފައި ވެއެވެ.

ދަރަވަންދޫއަށް މޯލްޑިވިއަންގެ ވެބްސައިޓާއި މޮބައިލް އެޕާއި ކޯލްސެންޓަރު މެދުވެރިކޮށް އަދި ޓިކެޓިން އެޖެންޓުން މެދުވެރިކޮށް ޓިކެޓް ގަނެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ.

ދުރާލައި ޓިކެޓް ނެގުމުން 5 ޕަސަންޓާއި 15 ޕަސެންޓްގެ ޑިސްކައުންޓެއް ލިބިގެންދާނެ ކަމަށް ވެސް މޯލްޑިވިއަނުން ބުނެއެވެ. ދަރަވަންދޫއަށް އެއްކޮޅު ޓިކެޓުގެ އަގަކީ 1125 ރުފިޔާއެވެ.

މޯލްޑިވިއަނުން ދަރަވަންދޫއަށް ދަތުރުތައް ހުއްޓާލީ 2019 ވަނަ އަހަރުއެވެ.

ދަރަވަންދޫއަށް މިހާރު ދަތުރުކުރަމުން އަންނަނީ ފްލައިމީ އަދި މަންޓާ އެއާ އިންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން