ހިޔަލަ މާކެޓް ފެށުން
ހިޔަލަ މާކެޓް ފެށުން
ހިޔަލަ މާކެޓުގެ ކިއޮސްކުތައް ކުއްޔަށް ހިފުމަށް އެދި ފޯމު ހުށަހެޅުމުގެ ސުންގަޑި އިތުރުކޮށްފިއެވެ.

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑުން ބުނީ "ހިޔަލަ މާކެޓު"ގެ ކިއޮސްކުތައް ކުއްޔަށް ހިފުމަށް އެދި ފޯމު ހުށަހަޅުމުގެ ފުރުސަތު ހުޅުވައިލުމަށް އެ ކޯޕަރޭޝަނުން 03 ޖޫން 2024 ވީ ހޯމަ ދުވަހު ކުރި އިޢުލާނުގައިވާ ފޯމު ހުށަހެޅުމުގެ ސުންގަޑި 13 ޖޫން 2024 ވާ ބުރާސްފަތި ދުވަހުގެ 16:00 އަށް އިތުރުކޮށްފައިވާ ކަމަށެވެ.

އަންހެނުން ވިޔަފާރިކުރުމަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދިނުމުގެ ގޮތުން ”ހިޔަލަ ވީކެންޑް މާކެޓު“ ގެ ނަމުގައި ޚާއްސަ މާކެޓެއް ހުޅުވީ މިއަހަރުގެ ޖެނުއަރީގައެވެ.

ބީސީސީން މީގެކުރިން ކުރި އިއުލާނެއްގައި ބުނީ ދިވެހި އަންހެން ވިޔަފާރިވެރިންނަށް ވިޔަފާރީގެ އިތުރު ފުރުސަތުތަކެއް ފަހިކުރުމުގެ ގޮތުން އެ ކުންފުނިން ހުޅުމާލޭ ކޮންޓެއިނާ ޕާކު ސަރަހައްދުގައި "ހިޔަލަ ވީކެންޑް މާކެޓު"ގެ ނަމުގައި ގާއިމުކޮށްފައިވާ ސަރަހައްދަށް ލިބެމުންދާ ތަރުޙީބަށް ބަލައި، މި ސަރަހައްދުގެ ނަން "ހިޔަލަ މާކެޓް"އަށް ބަދަލުކޮށް، އެ ސަރަހައްދަކީ ވިޔަފާރީގެ ބޭނުމަށް ކޮންމެ ދުވަހަކުވެސް ހުޅުވާ ތަނެއްގެ ގޮތުގައި ހަމަޖައްސާފައިވާ ކަމަށެވެ.

އެ ސަރަހައްދުގައި ބެހެއްޓިފައިވާ ކިއޮސްކްތައް 1 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް މިހާރު ވަނީ ހުޅުވާލާފައެވެ.

މިފަދަ މާކެޓެއް ހުޅުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހަފްތާ 14 ގެ މަގުޗާޓުގައި ހިމަނުއްވާފައިވާ ކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން