(ފޮޓޯ: ސްޓެލްކޯ)
(ފޮޓޯ: ސްޓެލްކޯ)
ހުޅުމާލެ އިންޖީނުގޭގެ މަސައްކަތްތައް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހްމީ ބައްލަވާލައްވައިފިއެވެ.

ހުޅުމާލެ އިންޖީނުގެއަށް ކުރެއްވި ޒިޔާރަތުގައި ފަހްމީ ވަނީ އެ އިންޖީނުގޭގެ 2 ނަންބަރު އިންޖީނު އޯވާރހޯލްކުރުމުގެ މަސައްކަތްތައް ބައްލަވާލައްވާފައެވެ.

ހުޅުމާލެ އިންޖީނުގެއަކީ ހުޅުމާލެއަށް ކަރަންޓު ފޯރުކޮށްދިނުމުގެ އިތުރުން، ހުޅުލެ އަދި މާލެ އަށް ވެސް ބޭނުން ޖެހިއްޖެ ހާލަތްތަކުގައި ކަރަންޓު ފޯރުކޮށްދޭ އިންޖީނުގެއެކެވެ.



ސްޓެލްކޯއިން އަންނަނީ މާލެ ސަރަޙައްދުގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ.

ސްޓެލްކޯއިން އަބަދުވެސް ޚިދުމަތް ދިނުމުގައި ދިމާވެދާނެ ހުރަހަކަށް ތައްޔާރުވެތިބުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުން ގެންދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން