ސިނގިރެޓް ބުއިމަކީ ގަޓު ކަމެއް ނޫން ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސް ފާހަގަކުރުމަށް ރޭ ނ. މަަނަދޫގައި ބޭއްވި ޖަލްސާގައި މިނިސްޓަރު ވަނީ ރާއްޖޭގައި ސިނގިރެޓަށް އަހަރަކު ކުރާ ހޭދައަށް އަލި އަޅުވާލައްވައިފަ އެވެ.

އެގޮތުން ރާއްޖޭގައި އަހަރަކު ސިނގިރޭޓަށް ކުރާ ހޭދަ އުޅެނީ 1.8 ބިލިއަން ރުފިޔާގައިކަން ވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. އަދި މިއީ 50 އެނދުގެ 9 ހޮސްޕިޓަލް އެޅޭ ވަރުގެ ފައިސާކަން ވެސް މިނިސްޓަރ ފާހަގަ ކުރެއްވި އެވެ.

ހަމަ އެހެންމެ ދުންފަތުގެ ވަބާގެ ސަބަބުން ބޭސް ފަރުވާއަށް ވެސް ބޮޑު ހޭދައެއް ކުރަން ޖެހޭ ކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. އެހެންވެ ތަސައްވުރު ނުކުރެވޭ ފަދަ ގެއްލުންތައް މުޖުތަމައު އަށާއި ދަރިންނަށް ދުންފަތުގެ ވަބާގެ ސަބަބުން ލިބެމުންދާ ކަމަށް ޚަލީލު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ދަރީންނަށް، ޒުވާނުންނަށް ވިސްނައިދޭންވީ ވާހަކައަކީ ސިނގިރޭޓު ބުއިމަކީ ނުވަތަ ޝީޝާ ބުއިމަކީ މިއީ އެއްގޮތަކަށް ވެސް ހިތްވަރު ހުރި ކަމެއް ނޫން. މީ އެއްގޮތަކަށް ވެސް ގަޓު ކަމެއް ނޫން. އަމިއްލަ ނަފުސު ބިނާކުރަން، އަޅުގަނޑުމެން މުޖުތަމައު ތެރެއަށް ނިކުމެ އަޅުގަނޑުމެންނަކީ ހައިބަތު ހުރި މީހަކަށް ވާން ކުރާ މަސައްކަތް އެއީ ގަޓު މަސައްކަތަކީ." ހަލީލް ވިދާޅުވި އެވެ.

ދުންފަތުގެ ވަބާ އަށަގަނެފައިވާ މިންވަރާ މެދު އިންތިހާއަށް ކަންބޮޑުވުން ފާޅުކުރައްވައި މިނިސްޓަރު ވިދާޅުވީ އެންމެ އަށް އަހަރުގައި ބައެއް ކުދިން ދުންފަތުގެ އިސްތިއުމާލާއި، ވޭޕް ކުރަން ފަށާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން