ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް ކ. މާފުށީގައި ޑޮލަރު އޭޓީއެމެއް ބަހައްޓައި ހިދުމަތް ދޭން ފަށައިފިއެވެ.

މިއީ މާލެ ސިޓީ ފިޔަވައި އެހެން ރަށަކުން މި ހިދުމަތް ދޭން ފެށި ފުރަތަމަ ފަހަރެވެ.

މާފުށީގައި ޑޮލަރު އޭޓީއެމްގެ ހިދުމަތް ދޭން ފަށާނެކަން ރައީސް މުއިއްޒު އިއުލާންކުރެއްވީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ކެމްޕޭނުގައި ކ. ގުރައިދޫގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޑޮލަރުގެ މުއާމަލާތްތައް އެންމެ ފުޅާކޮށް ރާއްޖޭގައި ހިނގާ އެއްރަށަކީ މާފުށިކަން ފާހަގަކުރައްވައި އެރަށުގެ އިގުތިސާދު ކުރިއެރުވުމަށް މަގުފަހިކުރުމަށްޓަކައި އެންމެ ފުރަތަމަ މާލެއިން ބޭރުގައި ޑޮލަރު އޭޓީއެމް ބަހައްޓާނެ ރަށަކަށް މާފުށި ހައްދަވާނެކަމުގައި ރައީސް އޭރު ވިދާޅުވި އެވެ.

އަދި ވެރިކަމާ ހަވާލުވެ ވަޑައިގަތް ފަހުން ސޯޝަލް މީޑިއާ މެދުވެރިކޮށް މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިދިޔަ ފެބްރުއަރީ މަހު ރައީސް ވިދާޅުވީ ވީހައިވެސް އަވަހަކަށް މާފުށީގައި ޑޮލަރު އޭޓީއެމްގެ ޚިދުމަތް ފަށަން މަސައްކަތް ކުރައްވާކަމަށެވެ.

ރާއްޖޭގެ އިގުތިސާދު ހަރުދަނާކުރައްވައި، ފައިސާގެ މުއާމަލާތްތައް ކުރުމުގައި ރައްކައުތެރި، އިތުބާރުހުރި، އަދި ފަސޭހަކަން ބޮޑު ޒަމާނީ އުސޫލުތައް ތައާރަފްކުރެއްވުމުގެ މަސައްކަތް ރައީސް މުއިއްޒުގެ ޒައާމަތުގައި ވަނީ ފައްޓަވައިފައެވެ. އަދި މި ވޭތުވި ހައެއްކަ މަސްދުވަހުގެ ތެރޭގައި ކާމިޔާބު މަސައްކަތްތަކެއް އެ ކަމުގައި ވަނީ ކުރައްވައިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން