ސްޓޫޑަންޓް ލޯނަށް ކުރިމަތިލުމަށް އެދި ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލި ފުރުސަތުގެމައި ކުރިމަތިލި ފަރާތްތަކުގެ ތެރެއިން 1153 ދަރިވަރުން ޝަރުތު ހަމަވާ ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.

ސްޓޫޑަންޓް ލޯނަށް ކުރިމަތިލުމަށް މިދިޔަ ފެބްރުއަރީ މަހުގެ 29، ވަނަ ދުވަހު އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ ލޯނަށް ޖުމްލަ 1709 ދަރިވަރުން ކުރިމަތިލި ކަމަށާއި އަދި 1153 ދަރިވަރުން ޝަރުތު ހަމަވާ ކަމަށެވެ.

ލޯނު ސްކީމަށް ޝަރުތު ހަމަވާ ދަރިވަރުންންގެ ތެރެއިން ދާއިމީ ލިސްޓުގައި އަދި ހިމެނިފައިވާ ދަރިވަރުންނަށް މި މަހުގެ 13 ވަނަ ދުވަހު ލޯނަށް ހޮވިފައިވާ ކަމުގެ "ސްޕޮންސަރ ލެޓަރ" ލިބޭނެ ކަމަށް ވެސް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

ލޯނު ސްކީމަށް ޝަރުތު ހަމަވާ ދަރިވަރުންންގެ ތެރެއިން ވަގުތީ ލިސްޓުގައި ހިމެނެނީ ޕައިލެޓް ކޯސް ކިޔަވަން ޝަރުތު ހަމަވާ ދަރިވަރުން ތަކެކެވެ. އެ ދަރިވަރުންނަށް އެހެން ދާއިރާތަކުން ކިޔަވަން ދިއުމަށް ފުރުސަތު ދީ ފަހުން ދާއިމީ ލިސްޓު ނެރޭނެ އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ލޯނަށް ކުރިމަތިލީ ފަރާތްތަކުގެ ނަތީޖާ މިނިސްޓްރީގެ މައި އެޑިޔު ޕޯޓަލުން ލިބޭނެ ކަމަށާއި އަދި ނުހޮވުނު ސަބަބު ވެސް ފެންނަން ހުންނާނެ ކަމަށެވެ.

ސްޓޫޑަންޓް ލޯނު ދިން ގޮތާ މެދު ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 25 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން