މި އަހަރުގެ އޭޝިއަން ސާފިން ޗެމްޕިއަންޝިޕް މިފަހަރުވެސް ރާއްޖޭގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ. އެގޮތުން މިއަހަރު މި ހަރަކާތް ބާއްވާ ގޮތަށް ހަމަޖެހިފައި ވަނީ ކ. ތުލުސްދޫގައެވެ.
އޭޝިއާ ސަރަހައްދުގައި ބާއްވާ އެންމެ ބޮޑު އެއް ސާފިން އިވެންޓް ”އޭޝިއަން ސާފިން ޗެމްޕިއަންޝިޕް“ މިފަހަރުވެސް ރާއްޖޭގައި ބާވާއިރު މި ހަރަކާތް އޮންނާނީ އަންނަ އޮގަސްޓް މަހުކަން މިއަދު ވަނީ އިއުލާން ކޮށްފައެވެ.
މި ހަރަކާތް ތައާރަފްކުރުމަށްޓަކައި މިއަދު ކުރިއަށްގެންދެވުނު ހާއްސަ ހަރަކާތުގައި މިފަހަރުގެ އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގެ ތާރީހާއި މުބާރާތުގެ ލޯގޯ ވަނީ އިފްތިތާހު ކޮށްފައެވެ. މި ހަރަކާތުގެ ލޯގޯ އާއި ތާރީހު އިފްތިތާހު ކޮށް ދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު އަބްދުﷲ ރާފިއު އެވެ.
މިފަހަރުގެ އޭޝިއަން ސާފިން ޗެމްޕިއަންޝިޕް އެންމެ ބޮޑަށް ހާއްސަވެގެންދާ އެއް ސަބަބަކީ މިފަހަރުގެ އޭޝިއަން ސާފިން ޗެމްޕިއަންޝިޕުން 2026 ވަނަ އަހަރު ޖަޕާނުގައި ބާއްވާ އޭޝިއަން ގޭމްސް އަށް އެތުލީޓުން ކޮލިފައިވެގެން ދާނެތީއެވެ.
މިދިޔަ އަހަރުގެ އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގައި ވާދަކޮށްފައިވަނީ 18 ގައުމަކުން 90 އެތްލީޓުންނެވެ. އެހެން ނަމަވެސް މިފަހަރުގެ މުބާރާތުގައި 25 ގައުމަކުން 140 އަށްވުރެ ގިނަ އެތްލީޓުން ވާދަކުރާނެކަމަށް ބެލެވޭކަމުގައި މޯލްޑިވްސް ސާފިންގ އެސޯސިއޭޝަން އިން ފާހަގަ ކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު