އެތައް ދުވަހެއް ވެގެންދާއިރުވެސް ފައިސާ ނުލިބޭތީ މަސްވެރިން އިހުތިޖާޖު ކުރަން ފަށައިފިއެވެ.

ފައިސާ ނުލިބޭތީ މަސްވެރިން އިހުތިޖާޖު ކުރަމުން ދަނީ ބޮޑު ކަންނެލީގެ ލޭނުގެ މަސްވެރިކަމުން އެއްވެސް ފައިދާއެއް ނުވެ އެފަރާތްތަކުން އިތުރަށް ނިކަމެތިވަމުންދާ ކަަމަށް ބުނެއެވެ.

މަސްވެރިންގެ ޔޫނިއަން ބޮޑު ކަންނެލީގެ މަސްވެރިންގެ ޔުނިއަން (ބީކޭއެމްޔޫ) އިން ބުނީ ލޭނުގެ މަސްވެރިކަމާއި ދެކޮޅަށް ބޮޑު ކަންނެލީގެ މަސައްކަތް ކުރަށްވާ މަސްވެރިން އިހުތިޖާޖު ކުރަމުންދަނީ މަސްވެރިންނަށް ވީ ވައުދުނުފުއްދާ ކަންނެލި ހިފަން ލޭނު އަޅަން ހުއްދަ ދިނުމާ ދެކޮޅަށް ކަމަށެވެ.

https://x.com/fishermensunion/status/1800767635501826115?s=46&t=8Jrgi34M5DtRUsa7pw962g

ބީކޭއެމްޔޫއިން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ބޮޑުކަންނެލި ބާނަން މަނާކޮށްފައި އޮތް ލޭނު އެޅުން ހުއްދަ ކުރަން ސަރުކާރުން މަސައްކަތް ކުރާ ކަމަށެވެ. މިކަމަކީ ކަންނެލި މަސްވެރިން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށްވެސް އެ ޔުނިއަނުން ވަނީ ބުނެފައެވެ.

މަސްވެރިންގެ ކަންބޮޑުވުން މިކަމުގައި ހުރީ މަދު ކުންފުނިތަކަކުން ބޭރުގެ ކުންފުނިތަކުގެ ލޭނު ބޯޓުތައް މެދުވެރިކޮށް ބޭރުކަނޑުން ގިނަ އަދަދެއްގެ ކަންނެލި ހޯދައި ކަނޑުމަތިން އެއް ބޯޓުން އަނެއް ބޯޓަށް މަސް ގަނެ ވިއްކާނެ ކަމަށެވެ. އަދި މިކަން ކުރުމުން ކަންނެލި ލިބޭ މިންވަރު އިންތިހާއަށް އިތުރުވެ ދިވެހި އޮޑިތަކުން ބާނަ ކަންނެލީގެ ޑިމާންޑު ދަށްވާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން