ފަލަސްތީނަށް އެހީތެރިވުމުގެ ގޮތުން ދިވެހި ސަރުކާރުން މިއަދު ކުރިއަށް ގެންދާ ޓެލެތޯނަށް ސަރުކާރުގެ ފެން ކުންފުނި، މާލެ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިވްއުއެސްސީ)ގެ މުވައްޒަފުންގެ ފަރާތުން އެއް ލައްކަ ރުފިޔާ ހަދިޔާކޮށްފިއެެވެ.

އެމްޑަބްލިއުއުއެސްސީގެ ފަރާތުން ހަދިޔާ ކުރި 1 ލައްކަ ރުފިޔާގެ ރަމްޒީ ޗެކާ ހަވާލުވެވަޑައިގެންނެވީ ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ ޒީނާ ޒާހިރެވެ.

މުޅި ރާއްޖެ ހިމެނޭގޮތަށް ހުރިހާ ރައްޔިތުންނަށް ބައިވެރި ވެގެން ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް މިއަދު ކުރިއަށް ގެންދާ ޓެލެތޯނަކީ ސީދާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އެދިވަޑައިގަތުމަށް ކުރިއަށް ގެންދާ ހަރަކާތެކެވެ.

މި ޓެލެތޯނަށް ވީހާވެސް ފަސޭހައިން ފައިސާ ހަދިޔާ ކުރެވޭ ގޮތަށް މާލެ ސަރަހައްދުގެ އެކި ހިސާބުތަކުގައި ފަންޑު ފޮށިތައް ބަހައްޓާފައިވާއިރު ސަރުކާރުން ވަނީ މި ހަރަކާތަށް ބީއެމްއެލްގައި ހާއްސަ ދެ އެކައުންޓެއްވެސް ހުޅުވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން