ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އެދިވަޑައިގަތުމަށް މުޅި ރާއްޖެ ހިމެނޭގޮތަށް ހުރިހާ ރައްޔިތުންނަށް ބައިވެރި ވެވޭނެހެން ފެށި ޓެލެތޯނަށް ފުރަތަމަ 6 ގަޑިއިރުގެ ތެރޭގައި 1.8 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

ޓެލެތޯނަށް ފައިސާ އެއްކުރުމަށް މާލެ ސަރަހައްދުގައި 13 ފަންޑު ފޮށި ބަހައްޓާފައިވެއެވެ. ފޮށިތައް ކައިރިއަށް ނުދެވޭ ފަރާތްތަކަށް ދިވެހި ފައިސާއިން ނަމަ 7730000655865 ނަންބަރު އެކައުންޓަށް އަދި ޑޮލަރުން ނަމަ 7730000655866 ނަންބަރު އެކައުންޓަށް ފައިސާ ޖަމާކުރެވޭނެއެވެ.



މިއަދު ހެނދުނު 8 ޖެހިއިރު ޕީއެސްއެމުން ފެށި މި ޓެލެތޯން މިރޭ ދަންވަރު 12 އާ ހަމައަށް ކުރިއަށް ދާނެއެވެ.

ޒަޔަނިސްޓު އިޒްރާއީލުން ޣައްޒާގައި ހިންގާ ލާއިންސާނީ ޖަރީމާތަކުގައި އެތައް ހާސް ފަލަސްތީނު ރައްޔިތުންގެ ފުރާނަ ވަނީ ގެއްލިފައެވެ. އިޒްރާއީލުގެ މި އަނިޔާވެރިކަން މުޅި ދުނިޔެއިން ސިފަ ކުރަނީ ނަސްލު ނައްތާލުމަށް ހިންގާ ޖަރީމާއެއްގެ ގޮތުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން