ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމަށް ޔޫއެންގައި ހުޅުވާފައިވާ ފަލަސްތީން ރިލީފް ފަންޑަށް ދިވެހި ސަރުކާރުން ދެމުން އައި އެހީ ދިހަ ގުނަ ބޮޑުކޮށް ކޮންމެ އަހަރަކު 50 ހާސް ޑޮލަރު (2.4 މިލިއަން ރުފިޔާ) އެފަންޑަށް ދިނުމަށް ސަރުކާރުން ނިންމައިފި އެވެ.

ރާއްޖެއިން ފަލަސްތީނަށް އެހީވުމަށް ކުރިއަށްގެންދާ ޓެލެތޯން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ އދ. ގައި ހުޅުވާފައިވާ ފަލަސްތީން ފަންޑަށް ކޮންމެ އަހަރަކު ރާއްޖެއިން ދެމުންދާ އެހީ 50 ހާސް ޑޮލަރަށް އިތުރުކުރުމަށް ނިންމާފައިވާ ކަމަށެވެ.

ހާރިޖީ ވަޒީރު ވިދާޅުވީ ފަލަސްދީނަށް ދިވެހި ސަރުކާރުން ދެމުންދާ އެހީ ދިހަ ގުނަ އިތުރުކުރަށްވަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާކަމަށެވެ.

ފަލަސްތީން ފަންޑަށް ސަރުކާރުން ކުރިން ދެމުން ގެންދިޔައީ އަހަރަކު 5000 ޑޮލަރުގެ ރަމްޒީ އެހީއެއް ކަމަށް މިނިސްޓަރ ޒަމީރު ވިދާޅުވިއެވެ. މި ފައިސާ ޖަމާކުރަމުން ދަނީ ފަލަސްތީނަށް އެހީވުމަށް އުފައްދާފައިވާ ޔުނައިނެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ފަލަސްތީން ރެފިއުޖީސް "އަންރުވާ" އަށެވެ.

ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ އިސް ނެންގެވުމާއެކު މިއަދު ކުރިއަށް ގެންދާ "ދިވެހި ރައްުޔިތުން ފަލަސްތީނާއެކު" ޓެލެތޯންގައި ބައިވެރިވެ ގިނަ އަދަދެއްގެ ދިވެހިން ދަނީ ފައިސާ ހަދިޔާ ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން