ފުލުހުންތަކަކަށް ހަމަލާދީގެން އަންހެނަކު ހައްޔަރުކޮަށް ބަންދުގެ މުއްދަތު ޖަހައިފި އެވެ.

ފުލުހުން ބުނީ ފުލުހުންގެ ދެ މީހަކު އަންހެން މީހާ ހުއްޓުވީ އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް އުޅޭތީ ކަމަށެވެ. ނަމަވެސް ހުއްޓުވުމުން އެ އަންހެން މީހާ އެ ދެ ފުލުހުންނަށް ހަމަލާ ދިނީ ކަމަށް ބުނެފައި ވެއެވެ.

އެ މައްސަލައިގައި އޭނާ ހައްޔަރުކުރުމުން ކްރިމިނަލް ކޯޓުން އޭނާގެ ބަންދަށް 10 ދުވަސް ޖަހައިދީފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެ މައްސަލައިގައި ހައްޔަރުކުރީ 40 އަހަރުގެ އަންހެނެކެވެ.

އެ މައްސަލައިގެ އިތުރު ތަފްސީލެއް ނުދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން