ގައުމީ ދިފާއީ ބާރު، އެމް.އެން.ޑީ.އެފުން ފަލަސްތީނާއެކު ދިވެހިން ޓެލެތޯނަށް 2.1 މިލިއަން ރުފިޔާ ހަދިޔާ ކޮށްފިއެވެ.

ގައުމީ ދިފާއީ ބާރުގެ ފަރާތުން ހަދިޔާކުރެއްވި 2،169،826.32 ރުފިޔާގެ ފައިސާގެ އެހީ ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނެންޓް ޖެނެރަލް އިބްރާހީމް ޙިލްމީ އަދި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނަރަލް އަހުމަދު ގިޔާސްއެވެ. ދިފާއީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ.

މިއީ މިހާތަނަށް އެއްފަރާތަކުން މި ޓެލެތޯނަށް ހަދިޔާކުރި އެންމެ ބޮޑު އަދަދެވެ.



ފަލަސްތީނަށް އެހީވުމަށް ކުރިޔަށް ގެންދާ ޓެލެތޯންގައި ފައިސާ ހަދިޔާ ކުރުމަށް މާލެ ސަރަޙައްދުގައި 13 ފަންޑު ފޮށި ވަނީ ބަހައްޓާފައެވެ. އަދި އަތޮޅުތަކުގައި ކައުންސިލްތަކާއި ޖަމިއްޔާތަކުން ފައިސާ ހޯދުމަށް ހަރަކާތްތަކެއް ކުރިޔަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މި ޓެލެތޯނުން ލިބޭ ފައިސާ ހަދިޔާ ކުރުމަށް ހަމަޖެހިފައިވަނީ ޔުނައިނެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ފަލަސްތީން ރެފިއުޖީސް (ޔޫ.އެން.އާރް.ޑަބްލިއު.އޭ) އަށެވެ.



މިއަދު ހެނދުނު 8 ޖެހިއިރު ޕީއެސްއެމުން ފަށާފައިވާ މި ޓެލެތޯން މިރޭ ދަންވަރު 12 އާ ހަމައަށް ކުރިއަށްދާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން