ފެނަކައިން ކުޅުދުއްފުށި އަދި ހަނިމާދޫއަށް ޖަނަރޭޓަރު ފޮނުވައިފިއެވެ.

މި ޖެނެރޭޓަރުތަކަކީ ފެނަކައިން އަލަށް ގަނެގެން، ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމައްޓަކައި ފޮނުވި ޖަނެރޭޓަރުތަކެކެވެ. އެގޮތުން، ކުޅުދުއްފުއްޓަށް 800 ކިލޮވޮޓް ޖަނަރޭޓަރަކާއި 1200 ކިލޮވޮޓް ގެ ޖަނަރޭޓަރެއް، އަދި ހަނިމާދޫއަށް 1200 ކިލޮވޮޓްގެ ޖަނަރޭޓަރެއް ފޮނުވާފައިވާ ކަމަށް ފެނަކައިން މައުލޫމާތު ދީފައިވެއެވެ.



ފެނަކައިން މައުލޫމާތު ދީފައިވާ ގޮތުގައި، ފެނަކައިން ހިދުމަތް ދެމުންގެންދާ އެހެން ރަށްރަށުގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް ވެސް ދަނީ މަސައްކަތް ކުރަމުންނެވެ.

ރޯދަމަހުގެ ތެރޭގައި ކުޅުދުއްފުށީގައި ހުރި ޖަނަރޭޓަރުތަކެއްގެ ކޮންޓްރޯލް މޮޑިއުލް އަނދައިގެން ވަނީ ކަރަންޓް ކެނޑުމުގެ މައްސަލަތަކެއް ދިމާވެފައެވެ. އެކަން ހައްލުކުރަން ފެނަކައިން މީގެ ކުރިންވެސް ވަނީ އެ ރަށަށް 2 ޖަނަރޭޓަރެއް ފޮނުވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން