މިފްކޯގެ މާލީ ހާލަތު ހުރިގޮތުން މިއަހަރު ކަންނެލި ނުގަނެވޭނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ލޭނު އެޅުން ސަރުކާރުން ހުއްދަ ކުރަން ކުރާ މަސައްކަތާ ދެކޮޅަށް ކަމަށް ބުނެ ސަރުކާރުގެ ވައުދާ އެއް ގޮތަށް މިފްކޯއިން ކަންނެލި ގަތުމަށް ޑިމާންޑުކޮށް، ބޮޑު ކަންނެލި މަސްވެރިންގެ ޔުނިއަނުން އިސްވެ މާލޭގެ ފަޅު ތެރޭގައި ދަނީ އިހުތިޖާޖް ކުރަމުންނެވެެ.

އެ އިހުތިޖާޖްގެ ބައިވެރިންނާ މުހާތަބުކުރަށްވައި ވާހަކަ ދައްކަވަމުން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ މިފްކޯއިން ކަންނެލި ގަތުމަކީ ސަރުކާރުގެ ވައުދެއް ކަމަށެވެ. އެހެން ނަމަވެސް މިފްކޯގެ މާލީ ހާލަތު ހުރި ގޮތުން މި އަހަރު އެ ކަން ކުރެވެން ނެތް ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ މިފްކޯގެ މާލީ ހާލަތު ރަނގަޅު ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންގެންދާ ކަމަށެވެ. ސަރުކާރުން ވެފައިވާ ވައުދާއި އެއްގޮތަށް އެމަސައްކަތް ހިނގަމުންދާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"މިއަހަރު އަޅުގަނޑުމެންނަކަށް ނެތް ކަންނެލި މަސްވެރިންގެ އަތުން ކަންނެލި ގަނެވޭކަށް މިފްކޯއަކަށް، މިފްކޯ އޮތީ އެ ހާލަތަކު ނޫން، މިފްކޯ ރަނގަޅު ކުރުމުގެ މަސައްކަތް މިދަނީ ކުރަމުން, ކުރާނަން... ރައީސްގެ ވައުދުފުޅާ އެއްގޮތަށް ސަރުކާރަށް ކަންނެލި ގަންނަ ދުވަސްވެސް އިރާދަކުރެއްވިއްޔާ އަންނާނެ،" ޝިޔާމް ވިދާޅުވިއެވެ.

މީގެ އިތުރުން ޝިޔާމް ވިދާޅުވީ ދައުލަތުގެ މާލީ ހާލަތު ދަށްވުމުން އާމްދަނީ ލިބޭނެ ހުރިހާ ގޮތެއް ބެލުމަށް ކުރެވެން ހުރި މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށެވެެ. ޝިޔާމް ވިދާޅުވީ ކަންނެލި މަސްވެރިކަމަށް ހުއްދަ ދިނަސް މީގެ ކުރިން ލޭނު އަޅާގޮތަށް އެކަން ކުރުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން