ރާއްޖެ ކިތަންމެ ކުޑަނަމަވެސް ފަލަސްތީނުގެ ރައްޔިތުންނަށްޓަކައި ދިވެހީން އަބަދުވެސް ދެގޮތެއްނުވެ ސާބިތުކަމާއެކު ތިބޭނެ ކަމަށް ފަތުވެރިކަމާއިބެހޭ ވަޒީރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.

ފައިސަލް މިހެން ވިދާޅުވީ، ރައީސް ޑރ. މުޢިއްޒުގެ އިސްނެންގުމަށް ދައުލަތުގެ މީޑިއާއިން އިންތިޒާމްކޮށްގެން ކުރިޔަށްގެންދާ ޓެލެތޯންގައި ފަތުރުވެރިކަމާއިބެހޭ ވުޒާރާ އާއި އެ ވުޒާރާގެ ދަށުން ހިންގަމުން އަންނަ ބައެއް އިދާރާތަކުގެ ފަރާތުން ޓެލެތޯނަށް ހަދިޔާކުރާ އެހީ ހަވާލުކުރެއްވުމަށްފަހުއެވެ.

"ވަރަށް ކުރީއްސުރެ ހަނދާންހުރޭ ފަލަސްތީނަށްޓަކައި ދިވެހީން އަޑުއުފުލާ ހަނދާން. އެންމެން ގުޅިގެން ކުރެވޭ މަސައްކަތުގައި އުއްމީދުކުރަނީ ފަލަސްތީނުގެ މައްސަލައިގައި އަވަސް ހައްލެއް ލިބިގެންދިޔުން." ފައިސަލް ވިދާޅުވިއެވެ.

ފަތުރުވެރިކަމާއިބެހޭ ވުޒާރާ އާއި އެވުޒާރާގެ ދަށުން ހިންގާ އިދާރާތަކުން ވަނީ 100،000 ރުފިޔާ ޓެލެތޯން ފަންޑަށް ހަދިޔާކޮށްފައެވެ.

ޕީއެސްއެމުން ކުރިޔަށް ގެންދާ ޓެލެތޯނުން ލިބޭ ފައިސާ ހަދިޔާ ކުރުމަށް ހަމަޖެހިފައިވަނީ ޔުނައިނެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ފަލަސްތީން ރެފިއުޖީސް، ޔޫ.އެން.އާރް.ޑަބްލިއު.އޭ އަށެވެ.



މިއަދު ހެނދުނު 8 ޖެހިއިރު ޕީއެސްއެމުން ފެށި މި ޓެލެތޯން މިރޭ ދަންވަރު 12 އާ ހަމައަށް ކުރިއަށްދާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން