ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސް ނަންގަވައިގެން މަސްވެރިންނަށް ހުޅުމާލޭން ވިއްކާ ތެލުގެ އަގު, ޝެޑްތަކުން ވިއްކާ އަގައް ހެޔޮ ކޮށްފިއެެވެ.

ފިޝަރީޒް މިނިސްޓްރީ އިން މިރޭ ބުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސް ނަންގަވައިގެން މަސްވެރިންނަށް ހުޅުމާލޭން ވިއްކާ ތެލުގެ އަގު ޝެޑްތަކުން ވިއްކާ އަގައް ހެޔޮކޮށްފައިވާ ކަމަށެވެ. އަދި މި އިންތިޒާމް ހަމަޖެއްސީ ސަރުކާރުގެ މެނިފެސްޓޯގައިވާ ވައުދު ފުއްދުމައްޓަކައި ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.

"ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު ގެ އިސް ނެންގެވުމުގެ މަތިން މެނިފެސްޓޯގައިވާ ވައުދު ފުއްދުމައްޓަކައި ހުޅުމާލޭ އިން މަސްވެރިންނަށް ވިއްކާ ޑީސެލްގެ އަގު ޝެޑް ތަކުން ވިއްކާ އަގަށް ހެޔޮ ކޮށްފި" މަސްވެރިކަމާއި ބެހޭ ވުޒާރާ އިން އެކްސްގައި ކުރި ޕޯސްޓުގައިވެއެވެ.



ނަމަވެސް މަސްވެރިކަމާ ބެހޭ ވުޒާރާއިން ތެލުގެ އަގަށް އައި ބަދަލުގެ ތަފްސީލް ހާމަކޮށްފައެެއް ނުވެއެވެ.

ސަރުކާރުން މިފަދަ ނިންމުމެއް ނިންމާފައިމިވަނީ ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން، ސަރުކާރުން މަސްވެރިންނަށް ވީ ވައުދު ނުފުއްދާތީ އެކަމާ ހިތްހަމަ ނުޖެހި މާލޭ އެއް ނަންބަރު ޖެޓީ ސަރަހައްދުގައި މިއަދު މުޒާހަރާ ކޮށްފައިވަނިކޮށެެވެ. އެ މުޒާހަރާގެ ބައިވެރިން ވަނީ ‏ކަންނެލި މަސްވެރިކަމަށް، ލޭނު އެޅުމަށް ހުއްދަ ނުދިނުމަށާއި އެއްގަމު ޝެޑް ތަކުން ޑީސަލް ގަންނަން ލިބޭ އަގަށް، ކަންނެލި މަސްވެރިންނަށް ޑީސަލް ގަންނަން ލިބޭނެ ގޮތް ހެދުމަށް ސަރުކާރަށް ގޮވާލާފައެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން