ޝާން މުހައްމަދު   13 ޖޫން 2024 - 9:10
ދިގު އިންތިޒާރަކަށް ފަހު ދަރްމާ ޕްރޮޑަކްޝަންސް އާއި ސިޚްޔާ އެންޓަޓެއިންމަންޓުން ގެނެސްދޭ ފިލްމު "ކިލް" ގެ ޓްރެއިލާ ނެރެފިއެވެ.

މި ފިލްމުގައި މުހިއްމު ރޯލުތަކެއް ކުޅެފައިވަނީ ލަކްޝްޔާ، ރާގަވް ޖުޔާލް، އަދި ތާނިޔާ މަނިކްތަލާ އެވެ. ފިލްމުގައި ފެނިގެންދާނީ ރޭލެއްގެ ތެރޭގައި އެންމެ ރެއެއްގައި ހިނގާ ލޭ އޮހޮރުމުގެ މަންޒަރެވެ. ބިރުވެރިކަމާއި އުފާވެރިކަމުގެ މަންޒަރުވެސް މި ފިލްމުން ފެނިގެންދާނެއެވެ.

ފިލްމުގެ މައިގަނޑު ރޯލުން ފެނިގެންދާ ލަކްޝްޔާ ރޭލުގެ ތެރޭގައި އޭނާގެ ލޯބިވެރިޔާ އަށް ލޯބި ހުށައަޅާ މަންޒަރުވެސް ފިލްމުގެ ޓްރެއިލާއިން ފެނެއެވެ. އަދި އެ އުފާވެރިކަމުގައި ތިއްބާ ދެން ފެނިގެން ދަނީ ރޭލުގެ ތެރެއަށް ބިރުވެރިކަމުގެ ހިޔަނި އެޅިގެން ދާ މަންޒަރެވެ. އަދި ރޭލުގެ ތެރެއަށް ނުލަފާ ބަޔަކު ތިބި ގޭންގެއްގެ މީހުން ވަދެގަންނަ މަންޒަރުވެސް ފެނެއެވެ.

މި ފިލްމު ސިނަމާތަކުގައި އެޅުވުމަށް ހަމަޖެހިފައިވަނީ މި އަންނަ މަހުގެ ފަސް ވަނަ ދުވަހުއެވެ. ކަރަން ޖޯހަރުގެ ދަރްމާ ޕްރޮޑަކްޝަނުން އެންމެ ފަހުން ގެނެސްދީފައިވާ ފިލްމަކީ "މިސްޓާރ އެންޑް މިސިސް މާހީ" އެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން