ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެދިވަޑައިގަތުމަށް ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނަށް އެހީވުމަށް އިއްޔެ ފެށި ޓެލެތޯނަށް ފައިސާ ހަދިޔާ ކުރެވޭ ވަގުތު އިތުރުކޮށްފި އެވެ.

އިއްޔެ އަށެއް ޖެހިއިރު ފެށި މި ޓެލެތޯން ފުރަތަމަ ކުރިއަށް ގެންދަން ނިންމާފައި އޮތީ ރޭ 12 ޖަހަންދެނެވެ.

ނަމަވެސް ޓެލެތޯނަށް ފައިސާ ހަދިޔާ ކުރުމުގެ ވަގުތު މިއަދު ހަވީރު ހަޔަކާ ހަމައަށް އިތުރުކޮށްފައިވާ ކަމަށް ޓެލެތޯން އިންތިޒާމް ކުރާ ޕީއެސްއެމުން ވަނީ ބުނެފަ އެވެ.

އެގޮތުން ޓެލެތޯނަށް ރުފިޔާއިން ފައިސާ ހަދިޔާ ކުރަން ބޭނުންނަމަ 7730000655865 ނަންބަރު އެކައުންޓަށް އަދި ޑޮލަރުން ނަމަ 7730000655866 ނަންބަރު އެކައުންޓަށް ފައިސާ ޖަމާކުރެވޭނެއެވެ.

ޓެލެތޯނަށް ފައިސާ އެއްކުރުމަށް އިއްޔެ މާލޭގައި 13 ފޮއްޓެއް ބެހެއްޓި އެވެ. އަދި ރާއްޖޭގެ އެކި ރަށްރަށުގައި ކައުންސިލް ފެންވަރުގައި އެ ރަށްރަށުގެ ޖަމިއްޔާތަކާ ގުޅިގެންވެސް ހަރަކާތްތަކެއް ކުރިއަށް ގެންދިޔައިރު މިނިސްޓްރީތަކާއި އަދި ކުންފުނިތަކުން ވެސް ފަންޑް ރެއިސް ކުރުމުގެ ހަަރަކާތްތައް ކުރިއަށް ގެންދިޔަ އެވެ.

ރޭ 12 ޖެހުމާ ހަމައަށް ޖުމްލަ 13.6 މިލިއަން ރުފިޔާ ޓެލެތޯނަށް ލިބިފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން