ކަންނެވި މަސްވެރިންގެ ކަންބޮޑުވުންތައް ސަރުކާރުން ހައްލުކުރި ގޮތާމެދު ޔައުރީފު ކުރައްވައި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން އެކަން ފާހަގަ ކުރައްވައިފި އެވެ.

ސަރުކާރުން މަސްވެރިންނަށް ވީ ވައުދު ނުފުއްދާ ކަމަށް ބުނެ ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން އިންތިޒާމުކުރި އިހުތިޖާޖު މާލޭ އެއް ނަންބަރު ޖެޓީ ސަރަހައްދުގައި ކުރިއަށް ގެންދިޔައީ އިއްޔެ އެވެ.

ނަމަވެސް މަސްވެރިން ބޭނުންވި ގޮތަށް ‏ކަންނެލި މަސްވެރިކަމަށް، ލޭނު އެޅުމަށް ހުއްދަ ނުދިނުމަށާއި އެއްގަމު ޝެޑް ތަކުން ޑީސަލް ގަންނަން ލިބޭ އަގަށް، ހުޅުމާލެއިން ކަންނެލި މަސްވެރިންނަށް ޑީސަލް ގަންނަން ލިބޭނެ ގޮތް ހެދުމަށް ސަރުކާރުން ނިންމުމުން މާލޭގެ ގްރީން ޒޯނު، ނުވަތަ އެއްނަންބަރު ފާލަން ސަރަހައްދުން ދޯނިތައް ނެރެ ރޭ ވަނީ އިހުތިޖާޖު ނިންމާލައިފަ އެވެ.

އެކަމާ ގުޅިގެން އެމްޑަބްލިއުއެސްސީގެ އެމްޑީ މަތީން ފޭސްބުކްގައި ވިދާޅުވީ ރައްޔިތުންގެ ކަންބޮޑުވުންތައް ސުލްހަވެރިކަމާއެކު އަޑުއިއްވުމާ ސަރުކާރުން އެ އަޑުތައް އެހުމާ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމާ އެކު އެކަން ރައްޔިތުން ބަލައިގެންފި ކަމަށެވެ.

"ފެނިގެން މި ދިޔައީ ހަރުދަނާ ޑިމޮކްރަސީއެއްގެ ރިވެތި ސިފަތަކެއް." މަތީން ވިދާޅުވި އެވެ.

ކަންނެލި މަސްވެރިންގެ ކަންބޮޑުވުންތައް ހައްލުކުރުމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވެސް އިއްޔެ ވަރަށް އިސްކޮށް މުޒާހަރާގެ ބައިވެރިންނާއެކު އުޅުއްވި އެވެ. އަދި އެ މައްސަލަ ހައްލުކުރުމުގައި ޝިޔާމް ކުރެއްވި މަސައްކަތްތަކަށް ވެސް ބައެއް ފަރާތްތަކުން ވަނީ ތައުރީފްކޮށްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން