(ފޮޓޯ: މާލެ ސިޓީ ކައުންސިލް)
(ފޮޓޯ: މާލެ ސިޓީ ކައުންސިލް)
ދުވާރުމަތީގައި ޕާކް ކުރުން ހުއްޓުވުމަށްޓަކައި މާލެ ސިޓީ ކައުންސިލުން ބޮލާޑް ޖަހަން ފަށައިފިއެވެ.

މާލޭގެ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވީ މާލޭގެ އެކި ސަރަހައްދުތަކުގެ ދުވާރުމަތީގައި ޕާކް ކުރުން ހުއްޓުވުމަށް ބޮލާޑް ނުވަތަ ދަގަނޑު ޖެހުމުގެ މަސައްކަތް ކުރަން ފެށީ ގަވައިދާ ހިލާފަށް ޕާކް ކުރާ މައްސަލައަށް ހައްލެއް ހޯދުމަށާއި މަގުތައް ތަރުތީބު ކުރަން ކަމަށެވެ. އަދި އެކަން ކުރާނީ ދުއްވަން އަދި ހިނގަން ވެސް ދަތިނުވާ ތަންތަނުގައި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މާލެ ސިޓީ ކައުންސިލުން މިހާރު އަންނަނީ ސަލްޓަންޕާކު ކުރިމަތީގައި އޮންނަ ދުވާރުމަތީ އަދި ލޮނުޒިޔާރަތް މަގުގައި ބޮލާޑް ޖަހަމުންނެވެ.

ދުވާރުމަތީގައި ކާރާއި ޕިކަޕް ޕާކްކޮށްފައި ބެހެއްޓުމުގެ ސަބަބުން ހިނގަން އަދި ބައެއް ފަހަރު ދުއްވަންވެސް ދަތިވެއެވެ. މާލެ ސިޓީ ކައުންސިލުން އަންނަނީ މާލެއަށް ކުރިމަތި ވެފައިވާ ޕާކްކުރުމުގެ ދަތިކަމަށް ހައްލެއް ހޯދައިދިނުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


-1

ޝާން

22-Jun-2024

ހައްލެއް ނޫން! ހައްލަކީ ޤާނޫނު ތަންފީޒުކުރުން!



ޓްރެންޑިން