އޮޔާ ގޮސް މަރުވެފައި އޮއްވާ މިދިޔަ މަހު ފަހުކޮޅު ފެނުނު ނޭޕާލް އަންހެން މީހާ އެންމެ ފަހުން އެރީ ސިނަމާލެ ބުރިޖަށް ކަމަށް ފުލުހުން ބުނެފި އެވެ.

މަރުތަކާ އަދި އެކި ކުށްތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް އިއްޔެ ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނީ ކަނޑުމަތިން ފެނުނު މީހާއާ ގުޅޭ އިތުރު މައުލޫމާތު ހާމަކޮށްފަ އެވެ.

މީހަކު އޮޔާދާކަމުގެ މައުލޫމާތު ލިބުނީ މިދިޔަ މަހުގެ 25 ވަނަ ދުވަހުގެ 12:35 ގައި ކަމަށް ފުލުހުން ބުނެއެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ މަރުވެފައިކަމަށް ފުލުހުން އޭރު ބުންޏެވެ.

އެ ހާދިސާއާ ގުޅޭ ގޮތުން ފުލުހުން ބުނީ އޭނާ މަރުވެފައި އޮއްވާ ފެނުނު ދުވަހު އޭނާ އުޅުނު ތަންތަނުގެ ސީސީޓީޥީ ފުޓޭޖް ބެލި ކަމަށެވެ.

މާލޭގެ ގެސްޓު ހައުސްއެއްގައި މަސައްކަތް ކުރާ އެ އަންހެން މީހާ އެ ދުވަހު އޭނާގެ ލޯބިވެރިޔާއާއި އެހެން ފިރިހެނަކާއެކު މަގު މަތީ ގައި އުޅުނު ކަމަށް ފުލުހުން ބުނެއެވެ. އަދި އޭނާ ދިރިހުއްޓާ އެންމެ ފަހުން ފެންނަނީ ބުރިޖަށް އަރާ ތަން ކަމަށް ވެސް ބުނެފައި ވެއެވެ.

އެކަމަކު އޭނާ އަމިއްލައަށް މަރުވީ ކަމެއް ނުވަތަ ނޫން ކަމެއްވެސް ފުލުހުން ނުބުނެ އެވެ. ފުލުހުން ބުނީ އެ އަންހެން މީހާގެ މަރުގައި އެހެން މީހެއްގެ އަތެއް ވާކަމަށް ނުބެލެވޭ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން