އިސްރާއިލުގެ ޕާސްޕޯޓް މަނާކުރަން ހުށަހަޅި ބިލު އަދި އޮތީ އެންމެ ރަނގަޅަށް ނޫން، ކަމަށާއި އެ ބިލަށް އިސްލާހުތައް ގެންނާނެކަމަށް އެޓާނީ ޖެެނެރަލް އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

ޣައްޒާގައި އިސްރާއިލުން ހިންގަމުންދާ ގަތުލު އާންމާ ގުޅިގެން އިސްރާއިލުގެ ޕާސްޕޯޓް މަނާކުރަން މަޖިލީހަށް ހުށަހެޅީ އެމްޑީޕީގެ ފަރާތުން ނެވެ.

އެގޮތުން އިސްރާއީލް ޕާސްޕޯޓް މަނާކުރަން އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައުމަށް އެމްޑީޕީން މަޖިލީހަށް ހުށަހެޅި ބިލު މަޖިލީހަށް ބަލައިގަންނަން މިދިޔަ އާދިއްތަ ދުވަހު ނިންމީ 80 މެމްބަރުންގެ ވޯޓާއެކު އެވެ. އަދި އެ ބިލު ދިރާސާކުރުމަށް 241 ކޮމިޓީ އަށް ފޮނުވަން ވެސް އެދުވަހު ނިންމި އެވެ.

އިއްޔެ އެޓާނީ ޖެނެރަލް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އުޝާމް ވިދާޅުވީ އިސްރާއިލުގެ ޕާސްޕޯޓް މަނާކުރަން ބިލެއް ހުށަހަޅާފައި އޮއްވާ އެހެން ބިލެއް ހުށަނޭޅޭނެ ކަމަށް މަޖިލީހުގެ ގަވައިދު ބުނާ ކަމަށެވެ. އެހެންވެ އެކަމާ ގުޅޭ ގޮތުން އިތުރު ބިލެއް ހުށަނާޅާނެ ކަމަށް ވެސް އޭޖީ ވިދާޅުވި އެވެ.

"ފަހުން އަޅުގަނޑުމެންނަށް ގަބޫލުކުރެވުނީ މިހާރު ހުށަހަޅާފައި އޮތް ބިލު ބަލައިގެންފަ ކޮމިޓީ ސްޓޭޖުގަ އިސްލާހު ކުރުމޭ އެންމެ ފަސޭހަ ގޮތަކަށް ވާނީ." އޭނާ ވިދާޅުވި އެވެ.

އުޝާމް އިތުރަށް ވިދާޅުވީ އެ ބިލު މިހާރު އޮތީ ނަތީޖާ ހާސިލު ނުވާނެ ގޮތަކަށް ކަމަށެވެ. އެހެންކަމުން ބިލު އިސްލާހު ކުރަން ޖެހޭ ކަން އުޝާމް ފާހަގަ ކުރެއްވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން