ފަަލަމަސްގަނޑުގައި ފޮރުވައިގެން މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރަން އުޅުނު ދިވެއްސަކު އަތުލައިގެންފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެ މައްސަލައިގައި ހައްޔަރުކުރީ 36 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އެ މައްސަލައިގައި އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 30 ދުވަހުގެ ބަންދުގެ މުއްދަތު ޖަހައިފަ އެވެ.

ބަންދު އަމުރުގައިވާ ގޮތުން އޭނާ މަސްތުވާތަކެތި އެތެރެކުރަން އުޅުނީ އޭނާގެ ކަނާތު ފައިގެ ފަލަމަސްގަނޑުގައި މަސްތުވާތަކެތި ހުރި ޕެކޭޖެއް ތަތްކޮށްގެން ނެވެ. އޭގެ ހުރީ ހެރޮއިން ކަމަށް ވެސް ބުނެފައި ވެއެވެ.

ހަމަ އެހެންމެ އޭނާގެ ފޯނުން ވެސް މަސްތުވާތަކެއްޗާ ގުޅޭ ޗެޓްލޮގެއް ވެސް ފެނުނު ކަމަށް ބުނެފައި ވެއެވެ.

ވައިގެ މަގުން މަސްތުވާތަކެތި އެތެރެކުރާ އިރު ދިރުވާލައިގެން ވެސް ދޭތެރެ ދޭތެރެއިން މަސްތުވާތަކެތި އެތެރެ ކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން