ދިވެހިރާއްޖޭގެ ޤައުމީއެއަރލައިން، މޯލްޑިވިއަނުން އަލަށް ތައާރަފް ކުރި ’ތްރޫ ފެއާ’ގެ ދަށުން އެއް ފްލައިޓުން އަނެއް ފްލައިޓަށް ފަސޭހަ ކަމާއެކު ޓިކެޓް ގަނެ ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެހިއްޖެއެވެ.

މޯލްޑިވިއަނުން ބުނީ ތްރޫ ފެއާ ނެޓްވޯކްގެ ދަށުން މިހާރު އިންޑިޔާގެ ޓްރިވެންޑްރަމް އަދި ކޮޗިންއަށް ދަތުރުކުރެވޭނެ ކަމަށެވެ. މި ހިދުމަތުގެ ސަބަބުން ބުކިން ޕްރޮސެސް ފަސޭހަކޮށްދީ، މޯލްޑިވިއަން ނެޓްވޯކްގެ ތެރެއިން އިންޓަނޭޝަނަލް ފްލައިޓުން ފެށިގެން ރާއްޖޭގެ އެންމެ ފަހު މަންޒިލަށް ކަނެކްޓިން ޑޮމެސްޓިކް ފްލައިޓާ ހަމައަށް އުނދަގުލެއް ނެތި ދަތުރު ކުރެވޭނެއެވެ.

މި ހިދުމަތް ހޯއްދަވާ ފަރާތްތަކަށް އިންޓަނޭޝަނަލް ފްލައިޓް އަދި ޑޮމެސްޓިކް ފްލައިޓްގައިވެސް ބެގޭޖް އެލަވަންސް ލިބޭނެ ކަމަށް މޯލްޑިވިއަނުން ބުނެއެވެ.

”ދެން އޮންނަ ދަތުރުގައި ‘ތްރޫ ފެއާ’ ހިދުމަތުގެ ފަސޭހަކަމާއި ރަނގަޅުކަން ތަޖުރިބާ ކޮށްލައްވާށެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް އަޅުގަނޑުމެންގެ ވެބްސައިޓް ނުވަތަ އަޅުގަނޑުމެންގެ ކަސްޓަމަރ ސާވިސް ޓީމަށް ޒިޔާރަތް ކުރައްވާ.“

ދިވެހިރާއްޖެ، ބެންގަލޫރު، ކޮލަމްބޯ، ޓްރިވެންޑްރަމް އަދި ކޮޗިން އަށް ގުޅޭ ޑޮމެސްޓިކްގެ ފްލައިޓްތަކަށް ‘ތްރޫ ފެއާ’ ޓިކެޓް ބުކް ކުރެވޭނެ ކަމަށް މޯލްޑިވިއަނުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން