އަލިފާނުގެ ހާދިސާ ހިނގާދިޔަ ހައުސިން ބްލޮކެއް.
އަލިފާނުގެ ހާދިސާ ހިނގާދިޔަ ހައުސިން ބްލޮކެއް.
ކުވައިތުގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި އިންޑިއާގެ ރައްޔިތުންގެ އާއިލާތަކަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

މި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ މިދިޔަ ބުދަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ކުވައިތުގައި މަސައްކަތްކުރާ އެތައް ބިދޭސީ ލޭބަރުން ދިރިއުޅޭ ހައުސިން ބްލޮކެއްގައެވެ. މިހާދިސާގައި ފަންސާސް މީހުން މަރުވިއިރު، އޭގެ ތެރެއިން 45 މީހުންނަކީ އިންޑިއާގެ ރައްޔިތުންކަމަށް ރިޕޯޓުތައް ބުނެއެވެ.

ކުވައިތުގައި ހިނގި ހިތާމަވެރި މި އަލިފާނުގެ ހާދިސާގައި އިންޑިއާގެ ގިނަ މަސައްކަތްތެރިންގެ ފުރާނަ ގެއްލުމާ ގުޅިގެން މިނިސްޓަރ އޮފް ފޮރިން އެފެއާޒް މޫސާ ޒަމީރު ވަނީ މަރުވި އިންޑިއާގެ ރައްޔިތުންގެ އާއިލާތަކަށް ތައުޒިޔާ ވިދާޅުވެ، އެކަމާ މެދު ހިތާމަކުރައްވާކަމަށް ވިދާޅުވެފައެވެ.

މިކަމާ ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ޒަމީރު ވިދާޅުވީ އަލިފާނުގެ ހާދިސާގައި އެތަކެއް ބަޔަކު މަރުވެގެން ދިޔަ ހަަބަރު އެއްސެވީ ފުން ހިތާމަޔާއެކު ކަމަށާއި، އަދި މިހާދިސާ އާއި ގުޅިގެން ކުވައިތުގެ ސަރުކާރުގެ ވުޒާރާތަކުން ދިން އަވަސް އިޖާބައަށް މިިނިސްޓަރ ޒަމީރު ވަނީ ތައުރީފު ކުރައްވައިފައެވެ.

"ކުވައިތުގައި އިންޑިއާގެ ގިނަ މަސައްކަތްތެރިންތަކެއް ތިބި އިމާރާތެއްގައި ހިނގި ހިތާމަވެރި އަލިފާނުގެ ހާދިސާގެ ސަބަބުން އެތައް އަގުހުރި ފުރާނައެއް ގެއްލިފައިވާ ވާހަކަ އަޑުއެހީ ފުން ހިތާމައާއެކު. މިހާދިސާއާއި ގުޅިގެން އިންޑިއާ އާއި ކުވައިތުގެ ސަރުކާރުން ދިން އަވަސް އިޖާބައަށް ތައުރީފު ހައްގު." މިިނިސްޓަރ ޒަމީރު ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވަނީ އެ ހިތާމަވެރި ހާދިސާގައި ގެއްލުން ލިބުނު އާއިލާތަކަށް ހަމްދަރުދީ ފާޅުކުރައްވައި، ޒަޚަމްވި މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފައެވެ.

"މިހާދިސާގައި ފުރާނަ ގެއްލުނު މީހުންގެ އާއިލާތަކަށް ހިތުގެ އަޑިން ތައުޒިޔާ ދަންނަވަން. އަނިޔާ ލިބުނު މީހުންނަށް އަވަސް ޝިފާއަކަށް އެދި ދުއާކުރަން،" ޒަމީރު ވިދާޅުވި އެވެ.



މި ހާދިސާއަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާއިރު، ބޭރު ގައުމުތަކުގައި ހިޖުރަކޮށްގެން މަސައްކަތް ކުރާ ފަރާތްތަކަށް ކުރިމަތިވާ ނުރައްކާތެރި ހާދިސާތަކާއި ގޮންޖެހުންތަކަށް އަލިއަޅުވާލައި، ގިނަ ބަޔަކު މީސް މީޑިއާ މެދުވެރިކޮށް ދަނީ އަޑު އުފުލަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން