މާފުށީ ބޭރުގައި އޮތް ސަފާރީއަކާއި ބ. ހިތާދޫގައި ފުލުހުން މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގި އޮޕަރޭޝަންތަކެއްގައި ދެ މީހުން ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ ޚިދުމަތުން މީޑިޔާތަކަށް ހިއްސާކުރި މެސެޖެއްގައި ބުނެފައިވަނީ މާފުށީ ބޭރުގައި އޮތް ސަފާރީއެއްގައި ހުއްދަނެތި ބަނގުރާ ވިއްކާ ކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބުމާ ގުޅިގެން ރޭ ހިންގި އޮޕަރޭޝަނެއްގައި 200 އަށްވުރެ ގިނަ ބަނގުރާ ފުޅިއާއި ދަޅު އަތުލައިގަނެފައިވާ ކަމަށެވެ. އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 62 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ.

މީގެ އިތުރުން ފުލުހުން ބުނީ ފުލުހުންގެ އިންޓެލިޖެންސާއި ބ. އަތޮޅު ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ 31 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

ފުލުހުން ބުނިގޮތުގައި ހިތާދޫ ބަނދަރު މަތީގައި ފުލުހުން ތިބި މަންޒަރު އެމީހާއަށް ފެނުމުން އޭނާގެ އަތުގައި އޮތް ފޮށިގަނޑެއް އެއްލާލި ކަމަށެވެ. އެ ފޮށިގަނޑު ނަގައި ފާސްކުރިއިރު، އޭގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ފިލްމު ހުސްކުރި ދަޅަކާއި ނުވަ ރަބަރު ޕެކެޓު އޮތް ކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.

އެ ދެ މައްސަލަ ވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން