ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތަކުން ފެން ނުލިބޭ މައްސަލަ ހައްލުކޮށް އެ ސަރަހައްދަށް ފެން ދޫކުރަން ފަށާފައިވާ ކަމަށް މާލޭ ފެންކުންފުނި، އެމްޑަބްލިއުއެސްސީން ބުނެފިއެވެ.

މިއަދު މެންދުރުން ފެށިގެން ގިނަ ހިޔާ ޓަވަރުތަކަށް ފެން ނުލިބޭތީ އެ ޓަވަރުތަކުގައި އުޅޭ މީހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މިކަމާ ގުޅިގެން އެމްޑަބްލިއުއެސްސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި މައްސަލަ ދިމާވީ އެ ސަރަހައްދަށް ފެން ފޯރުކޮށްދޭ ހޮޅިއެއް ފަޅައިގެން ގޮސްގެން ކަރަންޓު ކެނޑުމުގެ ސަބަބުން ކަމަށެވެ.

ނަމަވެސް، ފެން ކެނޑުނުތާ އެއް ގަޑިއިރު ތެރޭގައި 90 އިންސައްތަ އެޕާޓްމަންޓަށް ފެން ދޫކުރަން ފެށި ކަމަށް އެމްޑަބްލިއެސްސީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ފެން ކުންފުނިން ބުނީ ބާކީ 10 އިންސައްތަ އެޕާޓްމަންޓަށް ފެން ދޫކުރަން ފަށައި މިހާރު ހުރިހާ އެޕާޓްމަންޓުތަކަށް ފެން ލިބޭނެކަމަށެވެ.

މައްސަލަ ހައްލުކޮށް މިއަދު ހަވީރު 5:30 ހާއިރު ފެން ލިބެން ފަށާފައިވާ ކަމަށް ހިޔާ ޓަވަރުތަކުގައި އުޅޭ ބައެއް މީހުން ބުނެއެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން