ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ލޯންޗެއް ތ. ކިނބިދޫ ނެރު ފަސްގަނޑު ކިޔާ ފަޅު ރަށަށް އަރައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.

ފުލުހުން ބުނީ މިއަދު ހަވީރު ތ. ކިނބިދޫ ނެރު ފަސްގަނޑު ކިޔާ ފަޅު ރަށަށް ލޯންޗެއް އަރައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ. މި އެކްސިޑެންޓްގައި އެ ލޯންޗްގައި ތިބި ބައެއް މީހުންނަށް އެކިވަރުގެ އަނިޔާވި ކަމަށް ފުލުހުން ބުނެއެެވެ.

ފުލުހުން މައުލޫމާތު ދިންގޮތުގައި ހާދިސާ ހިނގި ވަގުތު ލޯންޗުގައި ތިން މީހުން ތިއްބެވެ. އޭގެ ތެރެއިން ދެ މީހަކަށް ކުދި އަނިޔާތައް ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ކިނބިދޫ ނެރު ފަސްގަނޑަށް އަރާފައިވަނީ ވެލިމާ ކިޔާ ލޯންޗެކެވެ. މި ލޯންޗަކީ މާލެ އާއި ތ. އަތޮޅާ ދެމެދު ދަތުރުކުރާ ލޯންޗެއް ކަމަށް މައުލޫމާތު ލިބެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން