ރާއްޖޭގެ ރަށެއްގައި އީދު ފާހަގަކުރަނީ.
ރާއްޖޭގެ ރަށެއްގައި އީދު ފާހަގަކުރަނީ.
އީދު ފާހަގަ ކުރުމުގައި އިސްލާމްދީނާއި ދިވެހިންގެ އިޖްތިމާއީ މިންގަނޑުތަކާ އެއްގޮތަށް ކުރިޔަށް ގެންދިއުމަށް މިނިސްޓްރީ އޮފް ސިޓީސް އެންޑް ލޯކަލް ގަވަރމެންޓް މިނިސްޓަރ އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އާދަމް ޝަރީފް މިފަދައިން ވިދާޅުވީ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކަށް ފޮނުއްވި ސަރކިއުލަރ އެއްގައެވެ. އެ ސަރކިއުލަރގައި ވިދާޅުވީ ކުރިޔަށް އޮތް 1445 ވަނަ އަހަރުގެ އަޟުހާ އީދުގެ އުފާވެރި މުނާސަބަތާ ގުޅިގެން ކައުންސިލްތަކުން އިންތިޒާމުކުރާ ހަރަކާތްތަކާއި، ސިޓީތަކާއި ރަށްރަށުގެ އެހެނިހެން ފަރާތްތަކުން އީދު ފާހަގަ ކުރުމަށް ހިންގާ ހަރަކާތްތައް ވަކި އިންތަކަކުން ބޭރު ނުވާނެ ގޮތަށް ހިންގެވުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް އެދިވަޑައިގެންފަ އެވެ.

އީދު ފާހަގަ ކުރުމުގައި އީދުގެ އެންމެހާ ހަރަކާތްތައް މާތްވެގެންވާ އިސްލާމްދީނުގެ އަސާސްތަކާއި ހިލާފު ނުވާނެހެން ހިންގެވުމަށް މިނިސްޓްރީގެ ސަރކިއުލަރ ގައި އެދިފައި ވެއެވެ. އަދި އީދުގެ އެންމެހާ ހަރަކާތްތައް ރާވާ ހިންގުމުގައި ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނަށް ރިޔާއަތް ކުރެއްވުމަށްވެސް ވަނީ އެދިފައެވެ.

މި އަހަރުގެ ބޮޑު އީދު ދުވަހަކީ އަންނަ އާދީއްތަ ދުވަހެވެެ. ހައްޖު ދުވަހާއި އީދު ދުވަހާ އެކު، ޖޫން 16 އިން ފެށިގެން ޖޫން 22 އާ ހަމައަށް ސަރުކާރު ބަންދުވާނެ އެވެ. ހައްޖު ދުވަހަކީ ޖޫން 15 އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން