ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބަރަކާތްތެރި ޙައްޖު ދުވަހުގެ ހެޔޮއެދުންތައް ދިވެހި ރައްޔިތުންނަށާއި އިސްލާމީ އުންމަތަށް ފޮނުއްވައިފިއެވެ.

މީސް މީޑިއާގެ މަންސައެއްކަމަށްވާ އެކްސް މެދުވެރިކުރައްވައި، ރައީސުލްޖުމްހޫރިއްޔާ މިރޭ ކުރެއްވި ޕޯސްޓުގައި، ޙައްޖުދުވަހަކީ އަހަރުގެ އެންމެ ބަރަކާތްތެރި އެއް ދުވަސް ކަމުގައި ފާހަގަކުރައްވާފައިވެއެވެ. އަދި ﷲގެ ރުއްސެވުމާ، ފުއްސެވުމާ، މަދަދުން ފުރިގެންވާ މި ދުވަހުގެ ބާއްޖަވެރިކަން ދިވެހި ލޮބުވެތި ރައްޔިތުންނާއި މުޅި އިސްލާމީ އުންމަތަށް މިންވަރުކުރެއްވުމަށް އެދިވަޑައިގެން ދުޢާ ކުރައްވާފައިވެއެވެ.



ސައޫދީ އަރަބިއްޔާއަށް 1445 ވަނަ އަހަރުގެ ޒުލްހިއްޖާ މަހުގެ ހަނދު ފެނިފައިވުމާ އެކު ދިވެހިރާއްޖޭގައި ހަނދު ސާބިތު ކުރުމުގެ އުސޫލަށް ރިއާޔަތްކޮށް، ރާއްޖޭގައި ވެސް މި އަހަރުގެ އަރަފާތު ދުވަހަކީ 15 ޖޫން ހޮނިހިރު ދުވަސް ކަމަށާއި، އަޟުހާ އީދު ދުވަހަކީ 16 ޖޫން ވާ އާދިއްތަ ދުވަސްކަމުގައި އިސްލާމިކް މިިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން