98 ފޫޓުގެ ބޮޑު ގިނަހިލައެއް ދުނިޔެއާއި ދިމާއަށް ބާރުމިނުގައި ދަތުރުކުރަމުންދާ ކަމަށް އެމެރިކާގެ ޖައްވީ އިދާރާ ނާސާއިން ބުނެފިއެވެ.

2024 އެލްބީ4 ގެ ނަން ދީފައިވާ މި ހިލަގަނޑު މިހާރު އޮތީ ދުނިޔެއާއި 1،800،000 މޭލު ދުރުގައި ކަމަށް ނާސާއިން ބުނެއެވެ.

ނާސާއިން ބުނީ ދުނިޔެއާއި ދިމާއަށް ދަތުރުކުރަމުންދާ މި ހިލަގަނޑު ސިކުންތަކު 7.59 ކިލޯމީޓަރުގެ ބާރުމިނުގައި ދަތުރުކުރަމުންދާ ކަމަށެވެ.

2024 އެލްބީ4ގެ ނަންދީފައިވާ މި ގިނި ހިލަ ނާސާއަށް ހޯދުނީ ދުނިޔެއަށް ނުރައްކާ ކުރިމަތިވެދާނެ ތަކެތި ދުނިޔެއާއި ކައިރިން އަދި ކައިރިއަށް އަންނަމުންދާ ތަކެތި ހޯދުމަށް ހިންގަމުންދާ މިޝަން، ނިއަރ އާރތް އޮބްޖެކްޓްސް (އެންއީއޯ) ގެ ތެރެއިންނެވެ.

ނާސާއިން ހާމަކުރާ ގޮތުގައި މިހާރު ދުނިޔެއާއި ދިމާއަށް ދަތުރުކުރަމުންދާ ހިލަގަނޑުން ދުނިޔެއަށް އަސަރެއް ނުކުރާނެ ކަމަށެވެ. ސަބަބަކީ މި ހިލަގަނޑު ދަތުރުކޮށް ދުނިޔެ ފަސްދީ ދާނީ ދުނިޔެއަށް ރައްކާތެރި ދުރުމިނެއްގައި ކަމަށް ވުމުން ކަމަށް ނާސާއިން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން