ރާއްޖެއިން މިއަހަރު ހައްޖަށް ދިޔަ ހުރިހާ ހައްޖާޖީން އަރާފާތު ބިމަށް ގޮސްފިއެވެ.

މި އަހަރު ރާއްޖެއިން ޙައްޖުގެ އަޅުކަން އަދާކުރަން ސައުދީ އަރަބިއްޔާއަށް ދިޔައީ 1،150 މީހުންނެެވެ.

ޙައްޖު މިޝަނުން ބުނީ، ރާއްޖެއިން ޙައްޖަށް ދިޔަ ޙައްޖުވެރިން އަރަފާތު ބިމަށް ގޮސްފައިވާ ކަމަށެވެ. ދިވެހި ހުރިހާ ހައްޖާޖީންގެ ހާލު ވެސް ރަނގަޅު ކަމަށް ހައްޖު މިޝަނުން ބުނެއެވެ.



އަރަފާތު ބިމުގައި ތިބުމަކީ ހައްޖުގެ އެންމެމަތީ ރުކުނެވެެ. އަރަފާތު ބިމަށް ގޮސް އެތާނގައި ތިބުމަކީ ހައްޖުގެ އެންމެ މުހިއްމު ރުކުން ކަމަށްވުމުގެ އިތުރުން އެއީ އެއާ ނުލައި ހައްޖުގެ އަޅުކަން ފުރިހަމަ ނުކުރެވޭ ރުކުނެކެވެ.

މި ރުކުން އަދާ ކުރުމަށްޓަކައި ރެއިން ފެށިގެން ހައްޖުވެރިން ވަނީ އަރަފާތަށް ޖަމާވުމުގެ ދަތުރު ފަށައިފައެވެ. ދިވެހި ޙައްޖުވެރިން އަރަފާތު ބިމަށް ދަތުރުފެށީ ސަޢޫދީ އަރަބިއްޔާ ގަޑިން 11:30، ރާއްޖޭގަޑިން 2:30 ހާއިރުގައެވެ.

އަރަފާތު ބިމުގައި މިއަދުގެ މެންދުރު ނަމާދަށް ފަހު ހައްޖު ޚުތުބާ އިއްވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން