މިއަހަރުގެ އަހަރުގެ އަޟްހާ އީދާއި ގުޅިގެން އަންނަ ބަންދު ތެރޭގައިވެސް އެމާޖެންސީ ހާލަތްތަކުގައި ހޮޓްލައިން މެދުވެރިކޮށް އައިޑީކާޑު ލިބޭނެ ކަމަށް ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން، ޑީއެންއާރުން ހާމަކޮށްފިއެ އެވެ.

އީދު ބަންދާއި ގުޅިގެން ސަަރުކާރު ބަންދުކަމުގައިވިޔަސް އިމަޖެންސީ ހާލަތްތަކުގައި 7290368 ނަންބަރު މެދުވެރިކޮށް އައިޑީކާޑު ލިބޭނެ ކަމަށް ޑީއެންއާރުން ބުނެއެވެ.

ސަރުކާރުން ވަނީ އަޟްހާ އީދާ ގުޅިގެން ހަފްތާއެއްހާ ދުވަސް ބަންދު ކުރުމަށް ނިންމާފައެވެ. އެއާއެކު އަންނަ ހަފްތާގެ ހަތް ދުވަހުގެ އިތުރުން ހުކުރު އަދި ހޮނިހިރު ލައިގެން ޖުމްލަ 9 ދުވަސް ބަންދުގެ ގޮތުގައި ލިބޭނެއެވެ.

މި އަހަރުގެ ބޮޑު އީދު ދުވަހަކީ އަންނަ އާދީއްތަ ދުވަހެވެެ. ހައްޖު ދުވަހާއި އީދު ދުވަހާ އެކު، ޖޫން 16 އިން ފެށިގެން ޖޫން 22 އާ ހަމައަށް ސަރުކާރު ބަންދުވެ އެވެ. ހައްޖު ދުވަހަކީ ޖޫން 15 އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން