އެސްޓީއޯގެ މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 80 ރުފިޔާ ބަހަން އެކުންފުނީގެ އަހަރީ އާންމު ޖަލްސާއަށް ހުށައެޅުމަަށް ނިންމައިފިއެވެ.

އެސްޓީއޯއިން ކުރި އިއުލާނެއްގައި ބުނެފައިވަނީ 2023 ވަނަ އަހަރު އެކުންފުންޏަށް ލިބުނު ފައިދާއިން 80 ރުފިޔާ ބަހަން ހުށަހެޅުމަށް އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން މިއަދު ނިންމާފައިވާ ކަމަށެވެ. އެސްޓީއޯ އިން ބުނީ މިއަދަދު ހިއްސާދާރުން ފާސްކޮށްދިނުމަަަށް އެކުންފުނީގެ އަހަރީ އާންމު ޖަލްސާއަށް ހުށަހެޅޭނެ ކަމަށާއި، ހިއްސާގެ ފައިދާ ބަހާނީ އަހަރީ އާންމު ޖަލްސާއިން ފާސްވުމަށްފަހު ކަމަށް އެކުންފުނިން ނެރުނު އިއުލާނުގައި ބުނެފައިވެއެވެ.

އެސްޓީއޯގެ އަހަރީ ޖަލްސާ އޮންނާނީ އަންނަ ޖުލައި މަހުގެ 15 ވަނަ ދުވަަހު އެވެ. އެސްޓީއޯއިން މިއަދު ކުރި އިއުލާނެއްގައި ބުނިގޮތުގައި މި އަދަދަކީ 17 އަހަރު ތެރޭގައި އެ ކުންފުނިން ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާދާރުންނަށް ބަހާ އެންމެ ބޮޑު އަދަދެެވެ.

އެސްޓީއޯ އިން މިދިޔަ އަހަރު އެ ކުންފުނީގެ ހިއްސާދާރުންނަށް ބެހީ ހިއްސާ އަކަށް 77 ރުފިޔާއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން