ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ޗައިނާގެ ރައީސް ޝީ ޖިން ޕިން، އުފަންދުވަހުގެ ތަހުނިޔާގެ ސިޓީފުޅު ބަދަލުކުރައްވައިފިއެވެ.

ޗައިނާގެ ރައީސް ފޮނުއްވި ސިޓީފުޅު ރައީސް ޑރ މުއިއްޒާ ހަވާލުކުރެއްވީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅައިފައި ހުންނަވާ އެމްބެސެޑަރ ވަންގ ލީޒިންގ މިއަދު ރައީސް އަރިހަށް ކުރެއްވި ރަސްމީ ޒިޔާރަތުގައެވެ.

ޗައިނާގެ ރައީސްގެ ސިޓީފުޅުގައި ރައީސް ޑރ. މުޢިއްޒުއަށް އުފަންދުވަހުގެ ތަހުނިޔާ ވަނީ ވިދާޅުވެފައެވެ. އަދި ޗައިނާއާއި ރާއްޖެ އާއި ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް ހަރުދަނާކުރަން ބޭނުންފުޅުވާކަމަށްވެސް ސިޓީފުޅުގައި ބަޔާންކުރަށްވާފައި ވެއެވެ.

ރައީސް ޑރ. މުޢިއްޒު ވަނީ އެފަފަ ސިޓީފުޅެއް ލިބިވަޑައިގަތުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފަލެއް ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން، ރައީސް ޑރ. މުޢިއްޒު ވަނީ ޗައިނާގެ ރައީސަށް ވެސް އުފަންދުވަހުގެ ތަހުނިޔާގެ ސިޓީފުޅެއް ފޮނުއްވާފައެވެ. ރައީސް ޑރ. މުޢިއްޒު އާއި ޗައިނާގެ ރައީސް ޝީ ގެ އުފަންދުވަހަކީ އެއްދުވަހެކެވެ.

ޗައިނާ ސަފީރު ރައީސް ޑރ. މުޢިއްޒުގެ އަރިހަށް ކުރެއްވި މި ޒިޔާރަތުގައި ރާއްޖޭގެ އިގްތިސާދީ ތަރައްގީއަށާއި ސަރުކާރަށް އެހީތެރިކަން ބޭނުންވާ އެކި ދާއިރާތަކުން ޗައިނާގެ އެހީތެރިކަން ލިބޭނެކަމަށް ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން