އިސްރާއީލުން ފަލަސްތީނުގެ ބިމަށް ގަދަކަމުން އަރައި ދެމުންދާ ލާއިންސާނީ ހަމަލާތަކުގެ ތެރޭގައި ހަމާސް އިން ދިން ރައްދު ހަމަލާއެއްގައި އިސްރާއީލުގެ ސިފައިންގެ 8 މީހަކު މަރުވެއްޖެއެވެ.

ހަމާސްއިން ބުނާ ގޮތުގައި ރަފާ ސިޓީގެ ދެކުނުގެ ތާލް އައް-ސުލްތާން ޑިސްޓްރިކްޓްގައި އިސްރާއީލުގެ އުޅަނދުތަކާ ދެކޮޅަށް ހަމަލާތަކެއް ދެވުނު ކަމަށަާއި މި ހަމަލާތަކުގައި އިސްރާއީލު ސިފައިންގެ 8 މީހަކު މަރުވެފައިވާ ކަމަށެވެ،

ހޮނިހިރު ދުވަހު ދިން މި ހަމަލާތަކަކީ ފަލަސްތީނުގެ ދެކުނު ސަރަހައްދަށް އިސްރާއީލުން އަރައިގަނެ ހިންގާ އުދުވާނާ ދެކޮޅަށް ހަމާސްއިން ދިން ރައްދު ހަމަލާތަކެއްގައި އިސްރާއީލުގެ ސިފައިން އެންމެ ގިނައިން މަރުވި ފަހަރެވެ.

ހަމާސްގެ ގައްސާމް ބްރިގޭޑްގެ ވެރިއަކު ބުނީ ހުޅަނގު ރަފާ ސިޓީގެ ތާލް އައް ސުލްތާން ޑިސްޓްރިކްޓްގެ ސައުދީ އަވަށްޓެރި ސަރަހައްދުގައި ސިފައިން ދުޝްމަނުންގެ އުޅަނދުތަކާ ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ދީފައިވާކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން