މާލޭގައި ބޮޑު ޖަމާޢަތުގައި މިއަދު ކުރި ޢީދު ނަމާދުގެ ތެރެއިން: ފޮޓޯ މީސް މީޑިއާ
މާލޭގައި ބޮޑު ޖަމާޢަތުގައި މިއަދު ކުރި ޢީދު ނަމާދުގެ ތެރެއިން: ފޮޓޯ މީސް މީޑިއާ
އުފާފާޅުކުރުމުގައި އެހެން ދީން ތަކުގެ މީހުންގެ ގޮތްތައް ކޮޕީކުުރުން ދޫކޮށްލަން ޖެހޭ ކަމަށް މިއަދުގެ އީދުގެ ހުތުބާގައި ބުނެފި އެވެ.

މިއަދުގެ އީދު ހުތުބާގައި ބުނީ މާތްވެގެންވާ އަޟުޙާ ޢީދު ދުވަސް އަންނަނީ ހިތްތަކަށް އުފާވެރިކަން އިޢާދަކުރަމުން ކަމަށެވެ.

އެހެންކަމުން މިއީ ކެއުމާއި ބުއިމާއި އުފާ ފާޅުކުރުމުގެ ދުވަހެއްކަން ޚުތުބާގައި ފާހަގަކޮށްފައި ވެއެވެ.

ނަމަވެސް ކީރިތި ރަސޫލާ އިރުޝާދުގައިވާ ގޮތަށް، އަހަރެމެން މުސްލިމުން އުފާ ފާޅުކުރާ އިރު، އިސްލާމްދީނުގެ އުސޫލުތަކަށް ތަބާވާން ޖެހޭ ކަން ޚުތުބާގައި ފާހަގަކޮށްފައި ވެއެވެ.

"ދީނުގައި ޙަރާމްކުރައްވައިފައިވާ ކަންކަން ކުރުމާއި، އުފާ ފާޅުކުރުމުގައި އެހެން ދީންތަކުގެ އަހުލުވެރީންގެ ގޮތްތައް ކޮޕީކުރުން ދޫކޮށްލާން ޖެހެއެވެ. އަހަރެމެންނަކީ މާތް ﷲ އިސްލާމްދީނުގެ ސަބަބުން އިއްޒަތްތެރިކަން ދެއްވައިފައިވާ ބަޔެކެވެ." ހުތުބާގައި ބުނެފައި ވެއެވެ.

ހުތުުބާގައި އިތުރަށް ބުނީ އިސްލާމްދީނަކީ ޢިއްޒަތްތެރިކަން ލިބިގެންވާ ދީނެއް ނަމަވެސް، މިއަދު އަހަރެމެން މުސްލިމުން މި ވަނީ ވަރަށް ނިކަމެތިވެފައި ކަމަށެވެ. އެކަން އެންމެ ބޮޑަށް ދޭހަކޮށްދޭ އެއް ކަމަކީ، ފަލަސްޠީނުގެ ރަފަޙާއި، ޣައްޒާއާއި، އެހެނިހެން ބިންތަކަށް ޒަޔަނިސްޓުން ވެރިވެގަނެފައިވީ ހިނދު ވެސް އިސްލާމީ މިބޮޑު އުންމަތް، އެ ލޮބުވެތި އަހުންނާއި އުހުތުން ހިމާޔަތްކުރުމަށް ނުކުޅެދިފައިވުން ކަމަށެވެ.

"އެހެންކަމުން މި މަތިވެރި ދުވަހުގައި، އުންމަތް ބިނާކުރުމަށް އަހަރެމެން ޢަޒުމްކަނޑައަޅަމާ ހިނގާށެވެ! ޢިލްމާއި ތަޢުލީމު ކުރިއެރުވުމުގައި، ކުރިއަރައިދިޔުމަށް މަސައްކަތް ކުރަމާ ހިނގާށެވެ ފަންނިއްޔަތާއި ފަންނުވެރިކަމުގައި ހުނަރުވެރިވަމާ ހިނގާށެވެ!މާތްﷲ އާއި ރަސޫލާގެ ޢަދުއްވުން، އިސްލާމްދީނާ ދެކޮޅަށް ރާވާ މަކަރުވެރި ރޭވުންތަކާ ދެކޮޅަށް، އެއްބައިވަންތަކަމާއެކު، ކުރިމަތިލަމާ ހިނގާށެވެ! ފަހެ މި އުންމަތަކީ އިންސާނިއްޔަތަށް އެތައް ގިނަގުނަ ޢިލްމާއި، ފަންނުވެރިކަމާއި، ހެވެއް ފޯރުކޮށްދިން ޝަރަފުވެރި އުންމަތެކެވެ." ޚުތުބާގައިވެއެވެ.

އަޟްހާ ޢީދަކީ ހައްޖުގެ މަތިވެރި އަޅުކަމާއި ގުޅިގެން އަންނަ ޢީދެކެވެ. މިއަހަރުގެ އަޟްހާ ޢީދު ނަމާދު މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިއަދު ވަނީ ކޮށްފައެެވެ. ގިނަ ރަށްރަށުގައި ޢީދު ނަމާދު ކޮށްފައިވަނީ ބޮޑު ޖަމާޢަތުގައެވެެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން