މިއަދު ފާހަގަކުރާ އަޟްޙާ އީދާ ގުޅިގެން ބޮޑު ޖަމާއަތުގައި ކުރި އީދު ނަމާދުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންފި އެވެ.

މާފަންނު ސްޓޭޑިއަމްގައި އޮތް އީދު ނަމާދުގެ ބޮޑު ޖަމާޢަތުގައި ބައިވެރިވެ ވަޑައިގެން ޢީދު ނަމާދު ކުރެއްވުމަށް ފަހު ރައީސް ވަނީ ނަމާދަށް ގޮސް ތިބި ބައެއް މީހުންނާ ސަލާމް ކުރައްވައިފަ އެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ހިމެނެ އެވެ.

ޢީދުގެ އުފާ ފާޅުކުރެއްވުމުގައި އިސްލާމީ ރިވެތި އުޞޫލުތަކުގައި ހިފެހެއްޓެވުމަށާއި، އިސްލާމީ އަޚްލާޤާ، ދިވެހީންގެ ރީތި އާދަކާދަތަކާ ބީރަށްޓެހި ފުރެއްދެ ސަގާފަތްތައް ޢީދުގެ އުފާފާގަތިކަމުގެ ތެރެއަށް މަސްހުނި ނުކުރެއްވުމަށް ރައީސް މުއިއްޒު ވަނީ އިލްތިމާސް ކުރައްވައިފަ އެވެ.

އެހެން ފަހަރު ތަކެކޭވެސް އެއްފަދައިން މި ފަހަރުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އަޟުހާ އީދު ވަރަށް ކުލަގަދަކޮށް ފާހަގަކުރަން އެކި ހަރަކާތްތައް މިހާރު ވަނީ ފަށާފައެވެ.

ހެނދުނު ހަތެއް ޖެހިއިރު ކުރި ޢީދު ނަމާދަށްފަހު ގިނަ ރަށްތަކުގައި ވަނީ އީދު ސައިވެސް ބާއްވައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން