ރޭ މާލޭގައި ހިންގި މާރާމާރީއާ ގުޅިގެން އިތުރު ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ދަރުބާރުގެ ކައިރީގައި ރޭ ހިންގި މާރާމާރީގައި ވަނީ ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްވެސް ކޮށްލައިފަ އެވެ.

އެ މައްސަލައާ ގުޅިގެން ރޭ ދެ މީހަކު ފުލުހުން ހައްޔަރުކުރި އެވެ. އަދި މިއަދު އިތުރު ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނިގޮތުގައި މާރާމާރީގައި އަނިޔާވި މީހާ ސެނެހިޔާ ހޮސްޕިޓަލަށް ގެންދިޔަ އެވެ. ނަމަވެސް އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން ބުންޏެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން