އިންތިހާބަކާ ނުލާ ވެރިކަން ކުރާ ޕީއެންސީން ލޯކަލް ކައުންސިލެއްގެ ތިން ބައި އިލެކްޝަން ކާމިޔާބުކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ޅ. އަތޮޅު ކައުންސިލް ރައީސްގެ ގޮނޑިއާއި، ރ. ހުޅުދުއްފާރު ކައުންސިލްގެ މެންބަރުކަމާއި ޅ. ހިންނަވަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްމަބުކަމުގެ ހުސްވެފައިވާ ގޮނޑިއަށް ކުރިމަތިލާން ހުޅުވާލުމުން އެ ގޮނޑިތަކަށް ކުރިމަތިލީ ހަމައެކަނި ޕީއެންސީގެ ކެންޑިޑޭޓުން ކަމަށެވެ.

އެހެންވެ އޮޓަމެޓިކުން އެ ކެންޑިޑޭޓުން ހޮވިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ.

އެގޮތުން ޅ. އަތޮޅު ކައުންސިލްގެ ރައީސް ކަމަށް އަހުމަދު ސަނީ، ހުޅުދުއްފާރު ކައުންސިލް މެމްބަރު ކަމަށް އަބްދުﷲ ސާމިހު އަދި ހިންނަވަރު އަންހެނުންގެ ކޮމިޓީގެ މެންބަރުކަމަށް ފާތިމަތު މޫސާ ހޮވިފައިވާ ކަމަށް އިލެކްޝަނުން ވަނީ އިއުލާންކޮށްފަ އެވެ.

ޅ. އަތޮޅު ކައުންސިލްގެ ރައީސް ކަމަށާއި ހުޅުދުއްދާރު ކައުންސިލް މެމްބަރަކުކަމުގެ މަގާމު ހުސްވީ ކުރިން އެ މަގާމުތަކުގައި ތިއްބެވި ދެ ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމަށް އިންތިހާބުވުމުން ނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން