އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ރައީސް ޑރ. މުހައްމަދު މުއިއްޒަށް އީދު ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި އެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މިއަދު ފާހަގަކުރާ ބޮޑު އީދު ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ، މޯދީގެ ފަރާތްޕުޅުން ރައީސް މުއިއްޒު އާއި ދިވެހި ސަރުކާރާއި ރައްޔިތުންނަށް ފޮނުއްވާފައިވާ ކަމަށެވެ. އެގޮތުން މިއަދު މި ފާހަގަކުރާ އުފާވެރި އީދު ދުވަހުން ހަނދާނަށް ގެނެސްދެނީ އަޅުގަނޑުމެން އެންމެން އުއްމީދުކުރާ ސުލްހަވެރި އަދި އެންމެހާ ފަރާތްތަކެއް ހިމެނޭ ދުނިޔެއެއް ބިނާކުރުމުގައި ބޭނުންތެރި، އެކުވެރިކަމާއި އެއްބައިވަންތަކަން ކަމަށް އެ މެސެޖްގައި މޯދީ ވިދާޅުވި ކަމަށް ހައިކޮމިޝަނުން ބުނެއެެވެ.

އީދަކީ ރާއްޖެ އާއި އިންޑިއާއާ ދެމެދުގައި އޮތް މަލްޓި ކަލްޗުރަލް ހެރިޓޭޖުގެ ތެރެއިން ފޯރިއާއި އުފާވެރިކަމާއެކު ފާހަގަކުރެވޭ ދުވަހެއް ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން