ފުލުހުންގެ ތަރުޖަމާނު އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް، އަޙުމަދު ޝިފާން
ފުލުހުންގެ ތަރުޖަމާނު އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް، އަޙުމަދު ޝިފާން
ރެއާއި މިއަދު މާލެ ސަރަހައްދުގައި ހިންގި ތިން މާރާމާރީއަކީ ކުށްކުރާ ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި މާރާމާރީތަކެއް ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ރެއާއި މިއަދު މާލެ ސަރަހައްދުގައި ވަނީ ތިން މާރާމާރީ އެއް ހިގާފައެވެ. އެ މާރާމާރީ ތަކާއި ގުޅިގެން ފަސް މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެތެރެއިން ހަތަރު މީހަކު ތަހުގީގު ނިމެންދެން ބަންދު ކުރަން ވަނީ އަމުރުކޮށްފައެވެ.

ބައެއް މީޑިޔާތަަކަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ ތަރުޖަމާނު އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް، އަޙުމަދު ޝިފާން ވިދާޅުވީ މާލެ ސަރަހައްދުގައި ހިނގައިދިޔަ މާރާމާރީތަކުގެ މައްސަލައާ ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން ބަލަމުން ގެންދާ ކަމަށެވެ. އަދި އެ މާރާމާރީތަކަކީ ކުށްކުރާ ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި މާރާމާރީތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކުރިޔަށް އޮތް ތަނުގައި އެކަން ތަކުރާރުވިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ވެސް ފުލުހުން ކުރަމުން އަންނަ ކަމަށް ޝިފާން ވިދާޅުވިއެވެ.

ފުލުހުން ބުނީ ރޭ 10:30 ހާއިރު ދަރުބާރުގޭ ކައިރީގައި މާރާމާރީ ހިންގުމުގެ ސަބަބުން އަނިޔާވި މީހާއަށް ސެނެހިޔާ ހޮސްޕިޓަލުގައި ފަރުވާ ދީފައިވާ ކަމަށެވެ. އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން ބުންޏެވެ.

މިމާރާމާރީގެ އިތުރުން މިއަދު ވެސް މާލެ އާއި ހުޅުމާލޭގައި ވެސް ވަނީ ދެ މާރާމާރީ އެއް ހިނގާފައެވެ.

ފުލުހުން ބުނިގޮތުގައި ފުރަތަމަ މާރާމާރީގެ ރިޕޯޓް ލިބުނީ 4:07 ހާއިރު ކަމަށެވެ. ހުޅުމާލޭ ފިލިގަސް މަގުގައި މާރާމާރީ ހިންގި ސަރަހައްދަށް ފުލުހުން ދިއުމުން މާރާމާރީ ހިންގި މީހާ އެ ހިސާބުގައި އޮތް ކާރަކަށް އަރައިގެން ފިލަން މަސައްކަތްކުރި ކަމަށާއި އެ މީހާ ހުއްޓުވަން މަސައްކަތްކުރި ފުލުސް މީހާ ގައިގައި ކާރުން ޖައްސާފައި ކާރުގައި ތިބި ދެ މީހުން ފިލާފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެެވެ.

އޭގެ ތެރެއިން އެކަކު ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށާއި އަނެއް މީހާ ހޯދުމުގެ މަސައްކަތް ކުރާ ކަމަށް ފުލުހުން ބުންޏެވެ.

އެ މާރާމާރީގައި އަނިޔާވީ މީހާއާއި ފުލުސް މީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު


-4

އުދުހޭކޮކާ

22-Jun-2024

ބަލަ ތިޔަ ދެގުރޫޕް އެނގޭއިރު އެމީހުން ހައްޔަރު ނުކުރީ ކީއްވެ?



ޓްރެންޑިން