ދ. އަތޮޅު ވޮއްމުލި ރިސޯޓް ކައިރިން ދެ ލޯންޗެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް މިރޭ ހިނގައިފިއެެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ ވޮއްމުލި ރިސޯޓް ކައިރިން ދެ ލޯންޗް ޖެހި އެކްސިޑެންޓެއް ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓް ލިބިގެން ސީންގައި ފުުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

މި އެކްސިޑެންޓް ހިނގީ ވޮއްމުލި ރިސޯޓްގެ ލޯންޗަކާ، ދ.އަތޮޅު ދޫރެސް ރިސޯޓުގެ ލޯންޗެއް ޖެހިގެންނެވެ. މިއެކްސިޑެންޓުގައި ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބި ދ. ހުޅުދެލި ހެލްތު ސެންޓަރުގައި ފަރުވާ ދެމުންދާ ކަމަށް ޚަބަރު ފެތުރު ނަމަވެސް ރަސްމީ އެއްވެސް އިދާރާ އަކުން މިކަން އަދި ކަށަވަރު ކޮށް ދީފައެއް ނުވެއެވެ.

ފުލުހުން ބުނީ ހާދިސާ އާއި ގުޅޭ މައުލޫމާތު ލިބެމުންދާ ވަރަކަށް ހިއްސާކުރަމުން ގެންދާނެ ކަމަށެވެ.

ދ. ހުޅުދެލީ ކައުންސިލުން ބުނީ ލޯންޗު އެކްސިޑެންޓްގައި އަނިޔާވި ދެ މީހަކު އެ އަތޮޅު ކުޑަހުވަދޫއަށް ގެންގޮސްފައިވާ ކަމަށެެވެ. އެދެމީހުންގެ ހާލަތާއި ބެހޭ ތަފްސީލް ލިބިފައިނުވާ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

ލޯންޗު އެކްސިޑެންޓާއި ގުޅިގެން ހޮސްޕިޓަލަށް ގެންދިޔަ 2 މީހުންގެ ހާލު ރަނގަ ކަމަށް އެނގިފައި ވެއެވެ.

ކުޑަހުވަދޫގައި ހުންނަ ދ. އަތޮޅު ހޮސްޕިޓަލުން ބުނީ ލޯންޗު އެކްސިޑެންޓާއި ގުޅިގެން ދެމީހަކު ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި އެމީހުންގެ ބޭރު ފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތް ކަމަށެެވެ. އެދެމީހުން އެތެރެހައްޓަން ގެއްލުން ލިބިފައިވޭތޯ ބެލުމަށް ސްކޭން ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ދ. އަތޮޅު ހޮސްޕިޓަލުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން