އަހުޒަމް އަޙްމަދު   17 ޖޫން 2024 - 10:57
މާލެއިން ބޮޑު ހަރުފައެއް ފެނިއްޖެ އެވެ.

މާފަންނު ތިލާކޮޅުގޯޅިން ފެނުނު އެ ހަރުފަ މިހާރު ހިފާފައިވާ ކަމަށް ސިފައިން ބުނެއެވެ. އަދި އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ވެސް ސިފައިން ބުންޏެވެ.

ފެނުނީ ކޮން ވައްތަރެއްގެ ހަރުފައެއް ކަމެއް ސީދާ ނޭނގެ އެވެ.

ނަމަވެސް ބެލެވޭ ގޮތުގައި އެއީ ޕައިތަން އާއިލާގެ ވައްތަރެކެެވެ.

ޕައިތަންއަކީ ވިހަ ހަރުފަ އެއް ނޫނެވެ. ނަމަވެސް ޕައިތަންއަކީ އޮޅާލައިގެން ނޭވާ ހާސްކޮށް އިންސާނުން މަރާލުމުގެ ކުޅަދާނަކަން ލިބިފައިވާ ވައްތަރުގެ ހަރުފަ އެކެވެ.

މީގެ ކުރިން ވެސް ޕައިތަން ހަރުފަ ރާއްޖެއިން ފެނިފައި ވެއެވެ.

ބެލެވޭ ގޮތުގައި މިހާރު މި ފެނިގެން އުޅޭ ހަރުފައަކީ "ޕެޓެއް"ގެ ގޮތުގައި ގެންގުޅުނު ހަރުފަ އެކެވެ. އަދި ކޮންވެސް ގޮތަކުން އޭތި ދޫވީ ކަމަށް ބެލެވެ އެވެ.

ހަރުފައިގެ އެއްވެސް ބާވަތެއް ރާއްޖެ އެތެރެކުރުމަކީ މަނާ ކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން