ދ. އަތޮޅު ވޮއްމުލި ރިސޯޓް ކައިރިން ދެ ލޯންޗެއް ޖެހި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން އަނިޔާވި ދެ މީހުން ތިބީ އޮބްޒަވޭޝަންގައި ކަމަށް ފުލުހުން ބުނެފި އެވެ.

އެ އެކްސިޑެންޓް ހިނގީ ވޮއްމުލި ރިސޯޓްގެ ލޯންޗަކާ، ދ. އަތޮޅު ދޫރެސް ރިސޯޓުގެ ލޯންޗެއް ޖެހިގެންނެވެ. މިއެކްސިޑެންޓުގައި ދެ މީހަކަށް އަނިޔާތަކެއް ލިބުނެވެ.

އަދި އެ މީހުންނަށް ފަރުވާ ދިނުމަށް ދ. ކުޑަހުވަދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ އެވެ.

ފުލުހުން ބުނީ އެ ހާދިސާގައި އަނިޔާވި އަންހެން މީހާއާއި ފިރިހެން މީހާއަށް ސީރިއަސް އަނިޔާތަކެއް ނުލިބޭ ކަމަށެވެ.

އެކަމަކު ޑޮކްޓަރުގެ ލަފާގެ މަތިން މި ވަގުތު ތިބީ އޮބްޒަވޭޝަންގައި ކަމަށް ފުލުހުން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން