ހދ. ނޮޅިވަރަމް ފުޓްސަލް ދަނޑުގައި އަނެއްކާވެސް ރޯކޮށްލައިފި އެވެ.

ނޮޅިވަރަމް ކައުންސިލްގެ ރައީސް ޔޫސުފް މޫސާ "ރަސް"އަށް ވިދާޅުވީ މިއީ އެ ރަށުގެ ފުޓްސަލް ދަނޑުގައި ރޯކޮށްލި ތިން ވަނަ ފަހަރު ކަމަށެވެ.

އޭނާ ވިދާޅުވީ އެންމެ ފަހުން އެ ދަނޑުގައި ރޯކޮށްލީ މީގެ އަހަރެއްހާ ދުވަސް ކުރިން ކަމަށެވެ.

މިފަހަރު ދަނޑުގައި ރޯކޮށްލީ މުބާރާތެއް ވެސް ކުޅެމުން ދަނިކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.

ދަނޑުގައި ރޯކޮށްލައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބުނި ވަރަށް ފަތިހު ކަމަށާއި އަދި ނިއްވާލިއިރު ދަނޑުގެ ތިން ބައިކުޅަ އެއްބައި އަނދާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޔޫސުފް ވިދާޅުވީ އެ މައްސަލައިގައި ޝައްކު ކުރެވޭ މީހަކު ނެތް ކަމަށާއި އަދި މީގެ ކުރިން ރޯކުރި ހާދިސާތަކާ ގުޅިގެން ވެސް މީހަކު ހައްޔަރު ނުކުރާ ކަމަށެވެ.

ފުލުހުން ބުނީ އެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން